logo

ވިކްޓިމް ސަޕޯޓް އޮފިސަރުންނަށް ރިފްރެޝަރ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

profile

ރިޟްވާން މޫސާ - 29 އޮކްޓޯބަރު 2026 - 05:53

ވިކްޓިމް ސަޕޯޓް އޮފިސަރުންނަށް ރިފްރެޝަރ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި އެވެ.

https://wamco.com.mv/

ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ވިކްޓިމް ސަޕޯޓް އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕްގައި، ސެކްޝުއަލް އެންޑް ޖެންޑަރ ބޭސްޑް ވައިލެންސާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ކަންކަން ދެނެގަންނާނެ ގޮތާއި އެފަދަ ކަންކަން ދިމާވެފައިވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އޭގެ އިތުރުން، ސޭފްޓީ ޕްލޭން ހަދާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި މަހު 27ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި، މި ޚިދުމަތުގެ ވިކްޓިމް ސަޕޯޓްގެ މުވައްޒަފުންނާއި ފްރަންޓްލައިން އޮފިސަރުންނާއި އިންވެސްޓިގޭޝަން އޮފިސަރުން ހިމެނޭހެން ޖުމުލަ 27 މުވައްޒަފުން ބައިވެރިވިއެވެ.

މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވީ ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންގެ ފަރާތުން ޝިޔާމާ އަންވަރު، މަރިޔަމް ސަމާ، މަރިޔަމް ޙަސަން، ޒީނަތު ޝާކިރު އަދި ޑރ. ސާހިރާ ޙުސައިންއެވެ.

https://wamco.com.mv/
tel:+9607331319