އަލިފާނާއި ގުޅޭ ބައެއް 'އަސްލު'ތައް
އަހުމަދު ޔައީޝް - 11 ޖެނުއަރީ 2023 - 15:23
އަލިފާނާއި ގުޅޭ ބައެއް އަސްލުތައް ---
މި ދުވަސްވަރަކީ ރާއްޖޭގައި އަލިފާނުގެ ހާދިސާތައް ވަރަށް ގިނައިން ހިނގަމުންދާ ދުވަސްވަރެކެވެ. ގިނަ ފަހަރަށް އަލިފާން ރޯވާން ދިމާވާ ސަބަބުތައް އޮންނަނީ އޮޅުން އަރާފައެވެ. އެހެންކަމުން، އަލިފާނާއި ގުޅޭ މައުލޫމާތު ކުޑަކޮށް ނަމަވެސް އެނގިފައި އޮތުމަކީ މުހިންމު ކަމެކެވެ.
މިފަހަރު މި ގެނެސްދެނީ، އަލިފާނާއި ގުޅޭ ބައެއް 'އަސްލު'ތަކެވެ.
ދަ ފަޔަރ ޓްރައިއެންގަލް
އަލިފާންގެ ތިނެސްކަން އަކަ ރަމްޒުކުރަނީ އަލިފާން އުފެދުމަށް ބޭނުންވާ ތިން މާއްދާ ކަމަށްވާ ހޫނު، އޮކްސިޖަން އަދި ތެލެވެ. މިއިން އެއް މާއްދާ ގެއްލިއްޖެނަމަ އަލިފާނަށް ރޯ ނުވެވޭނެއެވެ.
ސިނގިރޭޓަކުން، އިލެކްޓްރިކަލް ކަރަންޓެއް ނުވަތަ ގޭގައި ހޫނުކުރާ އެއްޗަކުން ހޫނު އުފެދިދާނެއެވެ. ތެލަކީ ލަކުޑި، ކަރުދާސް، ހެދުން، ފަރުނީޗަރު، ގޭސް ނުވަތަ ކެމިކަލް ފަދަ އަނދާ ކޮންމެ އެއްޗަކަށް ވެސް ވެދާނެއެވެ. އޮކްސިޖަނަކީ އަހަރުމެންގެ ވަށައިގެން އަބަދުމެ ހުންނަ އެއްޗެކެވެ. ދިރުމެއްވާނަމަ، އޮކްސިޖަން ވާނެއެވެ.
އަލިފާން އުފެދުމުން ނުވަތަ ރޯވުމުން އެ ތިން މާއްދާއިން އެއްވެސް އެއްޗެއް ނަގައިފިނަމަ ނުވަތަ ނައްތާލައިފިނަމަ އަލިފާން ނިއްވާލައެވެ. ފެން ބޭނުންކުރަނީ އަލިފާންގަނޑެއް ފިނިކޮށް ހޫނު މަސްދަރު ނައްތާލުމަށެވެ. އޮކްސިޖަން ނައްތާލެވޭނީ ނަޖިސް، ވެލި، ކެމިކަލް އޭޖެންޓެއް ނުވަތަ ބްލެންކެޓެއް ބޭނުންކޮށްގެން އަލިފާން ނިއްވާލުމުންނެވެ. ތެޔޮ ނުވަތަ އަލިފާން ރޯވާ ތަކެތި ނައްތާލެވޭނީ އަލިފާންގަނޑާ ދުރަށް އަނދާ ތަކެތި ގެންދިއުމުން ނުވަތަ އަލިފާންގަނޑު އަނދާ އެތަކެތި އަޅިއަށްވުމަށް ދޫކޮށްލުމުންނެވެ.
އަލިފާނަކީ ފުރާނައަށް ނުރައްކާކުރާ އެއްޗެއް
ރާއްޖޭގައި އެކި ދުވަސްވަރު ހިނގި، އެކިވަރުގެ އަލިފާނުގެ ހާދިސާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ. އަދި ދާދިފަހުން، މާލޭގެ ގަރާޖެއްގައި ރޯވެ އެތަނުގެ މަތީގާ ހުރި އެކޮމޮޑޭޝަނެއްގައި ދިރިއުޅުނު 10 މީހަކު ވަނީ މަރުވެފައެވެ.
އެމެރިކާގައި އަލިފާނުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 3،655 މީހުން މަރުވެއެވެ. އަލިފާނުގެ ހާދިސާތަކުގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 15،200 އާންމުންނަށް އަނިޔާވެއެވެ. އަލިފާނުގެ ހާދިސާތަކުގައި އަލިފާންގަނޑު ކޮންޓްރޯލުކުރެވޭނީ އަލިފާނުގެ ރައްކާތެރިކަމަށް ރަނގަޅަށް އަމަލުކޮށް، އަލިފާނުގެ އެލާމްތައް ބެހެއްޓުމުންނެވެ. އެވްރެޖްކޮށް ކޮންމެ އަހަރަކު ޑިއުޓީގެ ލައިނުގައި 60 އަށް ވުރެ ގިނަ ފަޔާ ފައިޓަރުން މަރުވާއިރު، އެ އަދަދު 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް 50އަށް ވުރެ ދަށަށް ގޮސްފައިވެއެވެ.
އަލިފާން ހުންނަނީ ގޭބަދިގޭގައި
ގިނަ ގޭގޭގައި އަލިފާން ރޯވަނީ ބަދިގެއިންނެވެ. ގޭގައި އަލިފާނުގެ ހާދިސާތަކުގައި އަނިޔާ ލިބޭ އެންމެ ބޮޑު ސަބަބަކީ ކެއްކުމެވެ. ގިނަ ފަހަރަށް ކެއްކުމުގެ ތެރޭގައި އަލިފާން ރޯވުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ، އުނދުނާއި އުދުނާއި ގުޅުން ހުރި ސަރަހައްދު ސާފުނުކޮށް ގިނަ ދުވަސްވުމުން، އަލިފާން ހިފާވަރަށް އެތަންތަން ގްރީސްވެ، އެކަމަށް ސަމާލުކަމެއް ނުދީ ކެއްކުމުންނެވެ. ގޭސް އުނދުންތަކަށް ވުރެ ގިނައިން އަލިފާނުގެ ހާދިސާތައް ހިނގަނީ ކަރަންޓު އުނދުންތަކުގައެވެ.
މިނުރައްކަލަށް ހުށަހަޅާ މައިގަނޑު އަސްލަކީ؟
އަލިފާނުގެ ހާދިސާއާއި ބެހޭ އަނެއް އަސްލަކީ، އެމެރިކާގައި އަލިފާނުގެ ހާދިސާތަކުގެ ތެރޭން، މީހުން މަރުވި ހާދިސާތަކުގައި އަލިފާން ރޯވުމުގެ އަސާސީ ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ.
ގަސްތުގާ އަލިފާން ރޯކުރުން
ތަންތަނުގައި އަލިފާން ރޯވުމުގެ އެއް ސަބަބަކީ އަލިފާން ރޯކުރުމެވެ. ވިޔަފާރީގެ ގޮތުން ހިންގާ އިމާރާތްތަކުގައި އަލިފާން ރޯކުރުމަކީ އަލިފާނުގެ ހާދިސާގައި މަރުވުމާއި އަނިޔާވުމުގެ މައިގަނޑު ސަބަބެވެ. ބައެއް ފަހަރު ހަސަދަވެރިކަމުންނެވެ. އަނެއް ބައި ފަހަރު ސިޔާސީ ހަލަބޮލިކަމުގައެވެ. އަނެއް ބައި ފަހަރު ގަސްތުގާ މުޖުތައުއަށް ތުރާކުރުމަށެވެ.
ކުޅިބެލުން
އަލިފާންގަނޑު ރޯވެ އަނދަމުންދާއިރު، އެ އަލިފާން ނިއްވަން ހަރަކާތްތެރިވާ ފަޔަރ ފައިޓަރުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމީހުންނަށް އެކަށީގެންވާ މާހައުލެއް ނުލިބުމެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެ ސަރަހައްދަކަށް ކުޅިބަލާ މީހުން އެއްވެއެވެ. މިގޮތަށް ކުޅި ބަލާ މީހުން އެއްވުމުން، އަލިފާން ނިއްވުމުގެ މަސައްކަތައް ހުރަސްއެޅި ދަތިތަކާއި ކުރިމަތިވެއެވެ. ނަތީޖާއަކީ އަލިފާންގަނޑު އަވަހަށް ނިއްވާނުލެވި، ފުރާނަތަކެއް ދިއުމުގެ ފުރުސަތު ބޮޑުވުމެވެ.
ރައްކާތެރިކަން
ރައްކާތެރިކަމުގެ ފިޔަވަޅުތަކުން އަލިފާނުގެ ގެއްލުން ކުޑަކޮށްދެއެވެ. އަލިފާން ނިވި ހުރިތޯ ބެލުމާއި، ފަޔަރ އެލާމް ފަސައްކަތްކުރޭތޯ ބެލުމާއި، އަލިފާން ނިއްވަން އިމާރާތުގައި ހުންނަ ފަޔަރ ހޯސް މަސައްކަތްކުރޭތޯ ބެލުން ފަދަ ކަންކަމުން އަލިފާން ރޯވުން ފަދަ ކަންކަން ދުރުކުރުމަށް އެހީއަކަށްވެއެވެ. އަދި ކައްކާ ބަދިގެ ސާފުކުރުމާއި، ގޭގައި ނުވަތަ އަލިފާން ހިފާ ބާވަތުގެ ތަކެތި ގެންގުޅޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކަން ހޯދިދާނެ ކަންކަމެވެ.
ގުޅުން ހުރި ޙަބަރުތައް
ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން
ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން
"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން