logo

އައްޑޫ ސިޓީ ފޭދޫގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

profile

ޒިދާން މުޙައްމަދު - 12 އޭޕްރީލު 2025 - 16:05

އައްޑޫ ސިޓީ ފޭދޫގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ.

https://wamco.com.mv/

މިރޭ ހިނގި މި ހާދިސާގައި މަރުވެފައި ވަނީ ފިރިހެނެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ބޮލަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން އަސްލު ޓީވީއަށް މިރޭ ބުނީ، މި އެކްސިޑެންޓު ރިޕޯޓުކޮށްފައި ވަނީ މިރޭ 19:39 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި މަރުވީ ސައިކަލު ދުއްވި ފޭދޫ، އުލްފަތު، އިބްރާހީމް ސިޔާދެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޚިދުމަތުން ބުނީ، އަނިޔާ ވެގެން އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައި ވާކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ކާރު ދުއްވީ، ގދ، ފިޔޮރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒެވެ. އޭނާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay