logo

އަހުމަދު ރަޝީދު އަވަހާރަވުމާއި ގުޅިގެން އާޢިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވަވައިފި

profile

އައިޝަތު އިނާޝާ - 10 ޖޫން 2025 - 13:50

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން ރަޝީދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަދި ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ އަޙްމަދު ރަޝީދު އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރްޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

"މަރްޙޫމް އަޙްމަދު ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލަހައްޓަވާށިއެވެ. އާމީން" : ރައީސް

ރަޝީދު ވަނީ 18 ވަނަ މަޖިލީހުގައި ގައްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.

ރަޝީދު އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވަުމަށް ފަހު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދުއެވެ.

https://etukuri.mv/
https://www.aslu.com.mv