
މިދިޔަ އަހަރުގެ އުރީދޫގެ އަހަރީ އާންމު ޖަލްސާ
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު 8 ގައި

ޔޫޝައު ހަސަން - 22 ފެބްރުއަރީ 2023 - 12:04
އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާރޗް މަހުގެ 8 ވަނަ ދުވަހުގެ ރޭ 8:30 ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެކުންފުނިން ބުނެފައިވަނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރ ވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެން ބައިވުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާނެކަމުގައެވެ.
މި ޖަލްސާގެ އިވެންޓް ހޯލަށް ވަޑައިގެން ޖަލްސާގައި ބައިވެރި ވުމުގެ ފުރުސަތު 120 ހިއްސާދާރުންނަށް ދިނުމަށް ހަމަޖެހިފައިވާއިރު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ހުރިހާ ހިއްސާދާރުންނަށްވެސް އެފުރުސަތު ހުޅުވާލައިފައިވާކަމަށް އެކުންފުނިން ބުނެއެވެ. އަދި މި ޖަލްސާގައި އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރަޖިސްޓަރވެފައިވާއެންމެހައި ފަރާތްކަށްވެސް ބައިވެރި ވުމުގެފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މިގޮތުން އޮންލައިންކޮށް ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވިފައިވާއިރު ޖަލްސާގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީވުމުގެ އެންމެ ފަހު މުއްދަތަކީ 6 މާރިޗު 2023 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 އެވެ.
އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި 2023 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުމާއި 2022 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޖަލްސާގައި ބައިވެރިވެވޭނެކަމަށް އެކުންފުނިން މައުލޫމާތު ދެއްވައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން