
ވިޒިޓް މޯލްޑިވްސްގެ އައު ލޯގޯ ރަސްމީކޮށް ބޭނުންކުރަން ފަށައިފި

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2025 - 11:02
ވިޒިޓް މޯލްޑިވްސްގެ އައު ލޯގޯ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މިއީ ޖުލައި 14ގައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓަޑަށް ބަދަލުކުރުމާއިއެކު ގެނައި ބަދަލެކެވެ.
ރާއްޖޭގެ އުޑާއި، ކަނޑު އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ މި ލޯގޯ ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ދޫނިސޫފާސޫފި، މަސްމަހާމެހި، އަދި ގަސްގަހާގެހި ސިފަވާނެފަދަ ގޮތަކަށް ކުންފުނީގެ ނަން އިނގެރޭސި އަކުރުން ފާޅުކަންބޮޑުގޮތަކަށް ސިފަވާހެނެވެ.
އައު ލޯގޯ އާއްމުކޮށް ބޭނުންކުރާނެ ރަސްމީ ލޯގޯގެ އިތުރުން، އެކި ހާލަތްތަކުގައި ބޭނުންކުރުމަށް ލޯގޯގެ މޮނޮކްރޮމެޓިކް، އަދި ވެކްޓަރ ފަރުމާތަށްވެސް މި ބްރޭންޑިގްގެ ތެރޭގައި ހިމެނޭ ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ލޯގޯ ބޭނުންކުރަމުންދާނީ، ރާއްޖެ ޕްރޮމޯޓުކުރުމަށް މި ކުންފުނިން ގެންގުޅޭ މޯލްޑިވްސް އަދި މޯލްޑިވްސް ދަ ސަނީ ސައިޑް އޮފް ލައިފް ގެ ބްރޭންޑިންގް ތަކާއިއެކު ކަަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިދިޔަ ޖުލައި މަހު، މި ބްރޭންޑިންގްތައް އިތުރަށް ފުރިހަމަ ކުރުމަށް ވިސްނުންތެރިކަމާއެކު ކުދި އިސްލާޙުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި، ހުޅުވިފައިވާ، ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާމީހުންނަށް ފަސޭހައިން ދެނެގަނެވޭނެފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ. މުޅި ސިފަ ކުރިއާ އެއްގޮތަށް ބަހައްޓާފައިވީ ނަމަވެސް، މި އިޞްލާޙުތަކާއެކު ލޯގޯ އެއް ހަމައެއްގައި ބޭނުންކުރެވި، ބްރޭންޑް ރެކޮގްނިޝަން ވަރުގަދަވެގެން ދިޔައެ
ކުންފުނީގެ ކޯޕަރޭޓް ބޭނުންތަކަށް ހުރިހާ މަންޞަތަކެއް އަދި ވަސީލަތްތަކެއްގައިވެސް ބޭނުން ކުރެވެމުންދަނީ އަލަށް ފަރުމާކުރެވުނު ލޯގޯ އަދި ބްރޭންޑިންގ އުންޞުރުތަކަށް ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
މި އިޞްލާޙުތަކުން ދައްކުވައިދެނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ހުށަހެޅުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓުމާއެކު، ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ ބްރޭންޑުގެ އަޞްލު ދަމަހައްޓާކަމެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން