logo
ފޮޓޯ: މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިިބްރާހީމް އަބްދުއްރައްޒާޤް ހަލީމްގެ އެކްސް ޕޯސްޓް

ފޮޓޯ: މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިިބްރާހީމް އަބްދުއްރައްޒާޤް ހަލީމްގެ އެކްސް ޕޯސްޓް

ދުވަސްނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

profile

އައިޝަތު އިބްރާހިމް - 09 އޮކްޓޯބަރު 2025 - 06:39

ދުވަސް ނުފުރާ ވިހާ ކުދިންނަށްދޭ "ރެޓީނާ ލޭޒަރ ޓްރީޓްމަންޓް"ގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިިބްރާހީމް އަބްދުއްރައްޒާޤް ހަލީމް އެކްސްގައި ހިއްސާކުރައްވާފައިވާ މެސެޖްގައި ވަނީ، އައިޖީއެމް ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތްދޭން ފަށާފައިވާކަމަށެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓުގައި އަބްދުއްރައްޒާޤް ހަލީމް ވިދާޅުވެފައިވަނީ، އައިޖީއެމް ހޮސްޕިޓަލުގައި "ރެޓިނާ ލޭޒަރ ޓްރީޓްމަންޓް"ގެ ޚިދުމަތް ފެށިގެން ދިއުމަކީ، ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމަށް ލިބުނު ފަހި ފުރުޞަތެއްކަމަށެވެ.

https://wamco.com.mv/
View post on Twitter

"މިއީ އަޅުގަނޑުމެންގެ އެންމެ ނާޒުކު ތުއްތު ކުދީން ކަމުގައިވާ ދުވަސް ނުފުރާ ވިހާ ކުދީންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ހާއްސަ ފަރުވާ އެކެވެ. އަދި މި ހިދުމަތް ރާއްޖެއިން ދެވެން ފެށުމާއެކު މިފަދަ ކުދީންނަށް ފަރުވާ ލަސް ނުވެ ދިނުމުގެ ފުރުސަތު މިވަނީ ފަހިވެގެން ގޮސްފައެވެ." މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިިބްރާހީމް އަބްދުއްރައްޒާޤް ހަލީމްގެ ޕޯސްޓް

ހަލީމް އިތުރަށް ވިދާޅުވެފައިވަނީ މިފުރުސަތުގައި އައިޖީއެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުންނަށް މަރުހަބާއާއި ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރެޓިނާ ލޭޒަރ ޓްރީޓަމަންޓްއަކީ، ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ޚާއްޞަ ފަރުވާއެކެވެ.

އަލަށް އުފަންވާ ކުދިންގެ ސިއްޙަތާ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުރިން ރާއްޖޭގައި އާންމުކޮށް ނުދެވޭ ފަރުވާތައް އެކި ސަރަޙައްދުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ޤާއިމްކުއުމާއި، އައު ޚިދުމަތްތަކަށް ސިއްޙީ އާލާތްތައް ހޮސްޕިޓަލުތަކަށް ގެނެސް ޚިދުމަތް ފުޅާކުރުން ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319