logo

ކާށިދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖް: ފައިނަލްގައި އެންޖީ ސްޓަރޓިންގއާއި ސްޓެލްކޯގެ ކުރިމަތިލުމެއް

profile

ޒިދާން މުޙައްމަދު - 15 ޑިސެމްބަރު 2024 - 04:55

މާލެ އަތޮޅު ކާށިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ބާއްވާ ކާށިދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖުގެ މިއަހަރުގެ މުބާރާތުގެ ފައިނަލްގައި އެންޖީ ސްޓަރޓިންގއާއި ސްޓެލްކޯ ކާށިދޫ ޕަވަރ ހައުސް (ކޭ.ޕީ.އެޗް) ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ އެންޖީ ސްޓަރޓިންގއާއި ސްޓެލްކޯ ކޭ.ޕީ.އެޗް ބައްދަލުކުރާ ފައިނަލް މެޗް އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.

ޖުމުލަ ހަތަރު ޓީމަކުން ވާދަކުރި މި މުބާރާތް ފަށާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކާށިދޫގައެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރި އެންޖީ ސްޓަރޓިންގއާއި ކޭ.ޕީ.އެޗްގެ އިތުރުން ދެން މިމުބާރާތުގައި ކުޅެފައިވަނީ ކ. އަތޮޅު ސްކޫލް (ކޭ.އޭ.އެސް) އާއި ކ. ކާށިދޫ ކައުންސިލެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމުބާރާތުގެ އޯޕެނިންގ މެޗުގައި 13-2ގެ ތަފާތު ބޮޑު ލީޑަކުން ކޭ.އޭ.އެސް ބަލިކޮށް، އެންޖީ ސްޓަރޓިންގ މުބާރާތް ފެށީވެސް މޮޅަކުންނެވެ. ދެވަނައަށް ކުޅުނު އޯޕެނިންގ މެޗް ކޭ.ޕީ.އެޗް ކާމިޔާބުކުރީ 14-4ގެ ބޮޑު ފަރަގަކުން ކާށިދޫ ކައުންސިލް ބަލިކޮށްގެންނެވެ.

އެންޖީ ސްޓަރޓިންގއަށް މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުވީ 22-8ގެ ނަތީޖާއަކުން ކާށިދޫ ކައުންސިލާއެެކު މުބާރާތުގައި ކުޅުނު މެޗް ނިންމާލުމުންނެވެ. ކޭ.ޕީ.އެޗް މިމުބާރާތުގެ ފައިނަލަށް ދިޔައީ 10-4ގެ ނަތީޖާއަކުން ކޭ.އޭ.އެސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މުބާރާތުގައި އެންޖީ ސްޓަރޓިންގއާއި ކޭ.ޕީ.އެޗް ކުޅުނު މެޗް 9-3ގެ ނަތީޖާއާކުން ހޯދުމަށް ފަހު، އެންޖީ ސްޓަރޓިންގ ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެ ތާވަލުގެ އެއްވަނައިގައި އޮވެގެންނެވެ.

https://etukuri.mv/
https://www.aslu.com.mv