logo

ބައްޕާފުޅުގެ ފަނޑިޔާރު ހެދުންކޮޅު ރައީސަށް އަރުވައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 26 އޮކްޓޯބަރު 2024 - 23:55

ރައީސް މުއިއްޒުގެ ބައްޕާފުޅުގެ ފަނޑިޔާރު ހެނދުންކޮޅު އެމަނިކުފާނަށް ވަނީ މިއަދު ހަދިޔާކޮށްފަ

ރައީސް މުއިއްޒުގެ ބައްޕާފުޅުގެ ފަނޑިޔާރު ހެނދުންކޮޅު އެމަނިކުފާނަށް ވަނީ މިއަދު ހަދިޔާކޮށްފަ

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު އަލްމަރުހޫމް ހުސެއިން އަބްދުއްރަހުމާނުގެ ފަނޑިޔާރު ހެދުންކޮޅު އެމަނިކުފާނަށް މިއަދު ހަދިޔާ ކުރައްވައިފިއެވެ.

ރައީސް ޑރ. މުއިއްޒުގެ ބައްޕާފުޅުގެ ފަނޑިޔާރުކަމުގެ ހެދުންކޮޅު ހަދި ޔާކުރައްވާފައިވަނީ، މިއަދު ބޭއްވި ހައި ކޯޓުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުމަށް ސީއެޗްއެސްސީގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ ހައި ކޯޓުގެ 44 ވަނަ އަހަރީ ދުވަހު ވެސް މެއެވެ.

ރައީސް މުއިއްޒުއާ، އެމަނިކުފާނުގެ ބައްޕާފުޅުގެ ފަނޑިޔާރުކަމުގެ ހެދުންކޮޅު އެރުވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދެވެ. އެއާއެކު، އެމަނިކުފާނުގެ ބައްޕާފުޅުގެ ހަނދާނަށް ރަމްޒީ ފިލައެއް ވެސް އަރުވާފައި ވެއެވެ.

ހއ. ވަށަފަރަށް އުފަން ހުސެއިން އަބްދުއްރަހުމާނަކީ ފަނޑިޔާރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނަކީ ރާއްޖޭގައި ފުރަތަމަ ހައިކޯޓެއް އުފައްދައި އައްޔަނުކުރި ތިން ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ.

ރާއްޖޭގައި ދީނީ ހޭލުންތެރިކަން ފަތުރަން ވެސް، ފަނޑިޔާރު ހުސެއިން އަބްދުއްރަހުމާނު ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ. އެމަނިކުދާނު އަވަހާރަވީ ހައްޖުގެ އަޅުކަން އަދާކުރައްވަން މައްކާގައި ހުންނަވަނިކޮށް 2015 ވަނަ އަހަރުއެވެ.

https://wamco.com.mv/
tel:+9607331319