logo

ދައުލަތުން ގެއްލުނު ފައިސާ އަލުން އަނބުރާ ހޯދޭނެކަން ޔަގީން: ރައީސް

profile

މުޙައްމަދު ފަޟްލޫން - 30 ޖުލައި 2026 - 06:35

ކޮރަޕްޝަންގެ އެކި އަމަލުތަކުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ރައްޔިތުންގެ މުދަލާއި ފައިސާ އަނބުރާ ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ނޭޝަން ޗެޓް ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދައުލަތުގެ ނިޒާމުގެ ތެރޭގައި ޒަމާންތަކެއް ވަންދެން އަށަގެންފައިވާ ކޮރަޕްޝަންގެ ނުރައްކާތެރި ވަބާ ފުހެލުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތުގައި އެދެވޭ ނަތީޖާއެއް ހާސިލުކުރެވޭނީ ސަރުކާރާއި، ޝަރުއީ ދާއިރާ އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ހަލުވި މިނެއްގައި މަސައްކަތް ކޮށްގެންކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތަކުގައި ގެއްލިފައިވާ މުދަލާއި ފައިސާ އިއާދަކުރުމަށްޓަކައި އެސެޓް ރިކަވަރީ ބިލެއް އެކުލަވާލުމުގެ މަސައްކަތް ހިމެނޭހެން، ސަރުކާރުން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަދަ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެފަދަ ހުރިހާ މައްސަލަތަކެއް ފުރިހަމައަށް ތަހްގީގް ކޮށް، އިންސާފުވެރި ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.

މީގެއިތުރުން، ކޮރަޕްޝަނަށް އޮތް ފުރުޞަތުތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ ހަރުދަނާ ސިޔާސަތެއް ތަންފީޒުކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk