logo

ބޮޑުތަކުރުފާނު މަގު ސެގްމެންޓް ފަހެއްގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ނިިމިއްޖެ

profile

މުހައްމަދު މުޝްރިފް - 22 އޭޕްރީލު 2026 - 05:32

މާލޭގެ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ސެގްމަންޓް ފަހެއްގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްޓީސީސީން ވިދާޅުވީ، ފެން ބޭރުކުރުމާއި ފެނުގެ މައި ޕައިޕް އިންސްޓޯލް ކުރުމުގެ މަސައްކަތުގެ އިތުރުން، ނަރުދަމާ އަޕްގްރޭޑް ކުރުމާއި، ސެޓްލްމަންޓް ޓޭންކްތަކާއި، ކާބްސްޓޯން އިންސްޓޯލް ކުރުމުގެ މަސައްކަތް މި ހަފްތާ ނިމޭ ހިސާބުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ކެޗްޕިޓް އަދި ކޭބަލް ޖަންކްޝަން އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް މި މުއްދަތުގައި ފެށޭނެއެވެ.

މަޝްރޫއުގެ ކުރިއެރުމަށް ބަލާއިރު، ސެގްމަންޓް 2، 3 އަދި 4 ގެ 220 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަސައްކަތްތަކަކީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ޖެޓީއާ ހަމައަށް މަގު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން މަގުގައި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމުގެ އިތުރުން، ހިނގާ މީހުންނަށް ހާއްސަ ލޭނެއް ގާއިމުކުރުމާއި، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެންހިންދާ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނެއެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއު އަންނަ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަކީ އެމްޓީސީސީގެ އަމާޒެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk