logo

ރައީސް ނަޝީދު ޗެއަރޕާސަން އަކަށް އައިސްފިނަމަ ޕާޓީ ދޫކޮށް ދިޔަ އެންމެން އެނބުރި އަންނާނެ: ރޮޒެއިނާ

profile

މުޙައްމަދު ފަޟްލޫން - 03 ޖޫން 2026 - 08:58

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އިންތިހާބު ވުމާއެކު ޕާޓީ ދޫކޮށް ދިޔަ އެންމެން އަލުން އެނބުރި އަންނާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމްޑީޕީ އިން ރޭ މަރަދޫ ފޭދޫގައި ރައީސް ނަޝީދުގެ ކެމްޕޭން އޮފީސް ހުޅުވަން ބޭއްވި ހަރަކާތެއްގައި ރޮޒެއިނާ ވިދާޅުވީ ރައީސް ނަޝީދަކީ ޕާޓީއަށް ޖޯޝާއި ފޯރި ގެނެސްދެއްވާ ބޭފުޅެއް ކަމަށެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުންނަން ޖެހެނީ އެ ޖޯޝާއި ފޯރީގައި ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

މިވަގުތު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ވަޑައިގެންފިނަމަ އެމްޑީޕީއަށް ދުރަށްދިޔަ އެންމެން ވެސް އަނބުރާ އައިސް ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދެވޭނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.

މި ޖޫން މަހުގެ 12 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދުގެ އިތުރުން ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk