logo

ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން ފަށައިފި

profile

އާމިނަތު ޝަޒްލާ - 18 ޖޫން 2026 - 07:23

މަޖީދީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފަށައިފިއެވެ.

https://wamco.com.mv/

ފުލުހުން މީސްމީޑިއާ މެދުވެރިކޮށް ހާމަކުރެއްވި ގޮތުގައި، ބަސް ދަތުރުކުރާ މަގުތަކާއި، ހާއްސަކޮށް މަޖީދީމަގުގައި އާންމު ދަތުރުފަތުރަށް ދަތިވާނޭހެން ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ މަސައްކަތްތަކެއް މިހާރު ދަނީ ކުރިއަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ޕާކުކުރުމުގެ ގަވާއިދުތައް ތަންފީޒުކުރުމުގެ ގޮތުން ފިޔަވަޅު އަޅަމުންދާއިރު، ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، އެ ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކަށް ލިބިގެންވެއެވެ.

މާލޭގެ މަގުތަކަކީ އުޅަނދުތައް ގިނަވެ ތޮއްޖެހުން ބޮޑު މަގުތަކަކަށްވާއިރު، ގިނަ ބަޔަކު މަޖީދީމަގުގައި ހުންނަ ފިހާރަތަކަށް ވަނުމަށްޓަކައި މަގުމަތީގައި އުޅަނދުތައް ޕާކުކުރެއެވެ. ވަކިން ހާއްސަކޮށް، ބަސް ހުއްޓިތަކާއި ބަސް ދަތުރުކުރާ ސަރަހައްދުތަކުގައި މިގޮތަށް އުޅަނދުތައް ބެހެއްޓުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރައި، މަގުތައް ބާރުބޮޑުވާކަން ފާހަގަކުރެވެއެވެ.

މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް އެ އިދާރާތަކުން ތަކުރާރުކޮށް އިލްތިމާސްކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk