logo

އެލައިޑް ހުޅުމާލެ ރަން ކާމިޔާބުކަމާއެކު ނިންމާލާފައިފި

profile

އާމިނަތު ޝަޒްލާ - 22 މޭ 2026 - 16:36


އެލީޓް ރަނާސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "އެލައިޑް ހުޅުމާލެ ރަން 2026" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

https://wamco.com.mv/

ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށް އިންތިޒާމްކުރި، "އެލައިޑް ހުޅުމާލެ ރަން 2026" ގެ ނަމުގައި ކުރިއަށްގެންދިޔަ އެ ދުވުން ބޭއްވީ މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ.

އެލީޓްގެ އެ ދުވުމުގައި އެކި އުމުރުފުރާތަކަށް ބައިވެރިވެވޭނެހެން ފޯރިގަދަ ހަތަރު ކެޓަގަރީއެއް ހިމަނާފައިވެއެވެ. 1 މައިލް ފެމިލީ ރަން، 5 ކިލޯމީޓަރު ދުވުން، 10 ކިލޯމީޓަރު ދުވުން، އަދި 21.1 ކިލޯމީޓަރު ހާފް މެރެތަނެވެ.

އެލައިޑް ހުޅުމާލެ ރަން 2026 ގައި ހުރިހާ ދުވުންތެރިން ވެސް ދުވެފައިވަނީ އެލައިޑް އެކްސިޑެންޓަލް ކަވަރަކާއި އެކުގައެވެ. އެލައިޑުން ގަބޫލުކުރާ ގޮތުގައި ކޮންމެ ދުވުންތެރިއަކަށްވެސް އެފަދަ ހަރަކާތްތަކުގައި ދިމާވެދާނެ ކުއްލި ހާދިސާއަކަށް ތައްޔާރުވެގެން ތިބުމަކީ ވަރަށް މުހިންމުކަމެކެވެ.

ދުވުމުގެ މުޖުތަމައު އެއްތަނަކަށް ގެނައުމުގެ އިތުރުން ވާދަވެރި ކެޓަގަރީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތަކެއް ވެސް ވަނީ ފާހަގަކޮށްފައެވެ. 5 ކިލޯމީޓަރު، 10 ކިލޯމީޓަރު، އަދި 21.1 ކިލޯމީޓަރުގެ ހާފް މެރެތަން ކެޓަގަރީން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފައިވަނީ އެމީހުންގެ ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
21.1 ކިލޯމީޓަރުގެ ހާފް މެރެތަން ކާމިޔާބުކުރި ފަރާތްތައް:

ފިރިހެން ކެޓަގަރީ:

  1. އެއްވަނަ - މުހައްމަދު ޝިފާޒް
  2. ދެވަނަ - ޔޫސުފް އިބްރާހިމް
  3. ތިންވަނަ - ތިތީވަޓް ކޯސަކުލް

އަންހެން ކެޓަގަރީ:

  1. އެއްވަނަ: ޕެޓްޗަރަޓް ޗަލާޑްޓޯ
  2. ދެވަނަ: އައިޝަތު ޖިނާނީ އިބްރާހިމް
  3. ތިންވަނަ: އައިޝަތު ރިޝްމީ

5 ކިލޯމީޓަރުގެ ދުވުން:

ފިރިހެން ކެޓަގަރީ:

  1. އެއްވަނަ: އާއިދް އަބްދުﷲ ރާފިއު
  2. ދެވަނަ: މޫސާ ފަޔާޒް
  3. ތިންވަނަ: މުހައްމަދު ފަސީލް

އަންހެން ކެޓަގަރީ:

  1. އެއްވަނަ: ކްލާރާ ސެރީނާ އާސިފް
  2. ދެވަނަ: އައިޝަތު ރިޝްމީ
  3. ތިންވަނަ: ކިއާރާ އަފްރާމް ގާސިމް

އެ ހަފްލާގައިވަނީ ލަކީ ޑްރޯއިން ހޮވުނު 10 ނަސީބުވެރިއަކަށް 2000 ރުފިޔާގެ ވެސް ދީފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk