logo

ފެންކުޅި ކުޅޭނެ ކަމެއް ނެތް، މި އީދު ރަނގަޅަށް ވެސް ފެން ވާނެ

profile

އާމިނަތު ޝަޒްލާ - 22 މޭ 2026 - 18:11

ޒަމާނުއްސުރެވެސް ދިވެހިން އަންނަނީ ކުލަގަދަކޮށް އީދު ފާހަގަކުރަމުންނެވެ. ބޮޑު އީދުގައި ރަށްރަށުގައި ތަފާތު ގިނަ ކުޅިވަރުތައް ކުޅެއެވެ. ރޭގަނޑުގެ މާލި ކުޅުމާއި ބޮޑުމަސް ނެރުމުގެ އިތުރުން އަދިވެސް ތަފާތު އެކި ކުޅިވަރުތައް ކުޅެމުންދެއެވެ.

https://wamco.com.mv/

ދީނީ ގޮތުންނާއި ސަޤާފީ ގޮތުން އީދު ފާހަގަކުރުމަށް ތަފާތު އެކިކަންކަންކޮށް ދިވެހީންގެ ތެރޭގައި އުޅެއެވެ. ދިވެހީން އެންމެ ކުރީއްސުރެއް ކުރަމުން އައި ބައެއް ކަންކަން އުވި އަނެއް ބައި ކަންކަމުގައި ޒަމާނީ ކުލަވަރު ވަނީ ޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އީދު ސަލާންކުރުމާއި ބޮޑު ސައެއް ބޭއްވުމާއި، މާލި ނެށުމާއި، ބޭންތައް ނެރުމާއި، ބޮޑު މަސްނެރުމާއި، ވާ ދެމުމާއި ކޯޑި ކެޑުމާއި، ދިވެހީންގެ ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއި، ފެންޖެހުމާއި ސްޓޭޖް ޝޯ ބޭއްވުންފަދަ ކުޅިވަރުތައް ހިމެނެއެވެ. މީގެ އިތުރުން އެކި ރަށްރަށުގައި އީދަށް ހާއްސަ ތަފާތު ކެއުންތައް ވެސް ތައްޔާރު ކުރެވިގެންދެއެވެ.

undefined

މި އީދު އަންނަން ދުވަސް ކުޑަތަންވަމުން އަންނައިރު، ވިއްސާރައިގެ ދުވަސްތައް ވެސް މިވަނީ ރާއްޖެއާއި ކުރިމަތިވެފައެވެ. މެޓު އޮފީހުން ބުނާގޮތުގައި އީދު ބަނދު ދުވަސްތަކުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެއެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފެން ކުޅުމުގެ ހަރަކާތް ހަމަޔަގީނުންވެސް މެދު ކެނޑިގެންދާނެއެވެ. ފެން ކުޅުމާނުލާ ދިވެހީންގެ އީދުގެ ބަައެއް މަދުވާނެކަން ގަބޫލުކުރާ ދިވެހީންވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް މި އީދަށް ވިއްސާރަ ކުރާއިރު، ރައްރަށަށް އީދަށް ފުރާ ރައްޔިތުން ހާއްސަ ސަމާލު ކަމެއް ދޭންޖެހޭނެއެވެ. ސަބަބަކީ ވިއްސާރަވުމުގެ ސަބަބުން ކަނޑުމަތީ ހާދިސާއަކަށް ރައްކާތެރި ވުމުގެ ގޮތުންނެވެ.

އީދަކީ އުފާވެރި ހަނދާންތަކަކުން ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހްތިފާލަކަށް ހެދުމަށާއި އީދުގެ ބަރަކާތްތެރި މޫސުމުގައި އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާކުރުމާއި، ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި ގާތްތިމާގެކަމާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި ދަރިންނަށް ރިވެތި ނަމޫނާ ދެއްކުމަކީ ވެސް އީދުގައި އިސްކަންދިނުމަށް ދިވެހި ކޮންމެ ދަރިއެއްގެ ވެސް ޒިންމާއެކެވެ. އީދުގައި އުފާވެރިކަމުގެ އިހުސާސްތައް ފާޅުކުރުމަކީ އިންސާނީ ފިތުރަތާއި ނަފުސުގެ ބޭނުންތައް ފުއްދުމަށް އިސްލާމް ދީން ދޭ ފުރުސަތުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

undefined

އީދަކީ މުސްލިމުންނަށް އަންނަ އުފާވެރި މުނާސަބަތެކެވެ. އީދުގެ އުފަލުގައި ކުދިބޮޑު އެންމެން ބައިވެރިވެއެވެ. އީދު ފާހަގަކުރުމުގެ އެކި ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިޔަށްދެއެވެ. މުނިފޫހި ފިލުވުމުގެ ގޮތުން އީދުގައި ކޮންމެ ހަރަކާތެއް ބޭއްވިއަސް އެ ހަރަކާތެއް އިސްލާމީ މިންގަނޑުތަކަށް ފެތެން ވާނެއެވެ. އޭގެތެރޭގައި ޝަރުއީ ގޮތުން ހަރާމް ކަމެއް ނުވަތަ މަކްރޫހަ ކަމެއް އެ ހަރަކާތެއްގައި ނުހިމެނުމެވެ. މިސާލަކަށް އައުރަ ކަޝްފު ކުރުމާއި ހަރާމް ލަވަޔާއި މިޔުޒިކު ހިމެނުމާއި އެއްވެސް މިންގަނޑެއް ނެތި ދެޖިންސު މައްސުނި ވުމާއި ހަޑިހުތުރު ބަސްތަކާއި މަލާމާތް ކުރުން ފަދަ ކަމެއް ނުހިމެނުމެވެ.

މި އަހަރުގެ އީދު މާލެ ސަރަހައްދުގައި ވެސް ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި "އީދު ހަވީރު 1447" ހިމެނެއެވެ، "އީދު ހަވީރު 1447" އަކީ އެމްއެންޑީއެފް ވިލަރެސްކޮށްގެން ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 ކުންފުންޏަކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކެވެ. މީގެއިތުރުން މާލޭގައި އީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މެއި 27 އިން 29 އަށް، ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ. މާލޭގައި އީދު ފާހަގަ ކުރުމުގެ ސަބަބުން ވަޒީފާގެ ސަބަބުންނާއި އެހެނިހެން ކަންތައްތަކާހުރެ ރައްރަށަށް ނުދެވޭ މީހުންނަށް ނުހަނު ބޮޑު ހިންހަމަޖެހުމަކަށް ވެގެންދާނެއެވެ.

undefined

މާލެ ސަރަހައްދުގައި ވޯޓަ ފައުންޓެއިން، ފޯމް ބާތް ޕޫލް، ރެޕަލިންގ ކުރުން، އަދި ގައުމީ ދިފާއީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުން ހިމެނެއެވެ. ހުޅުމާލޭގައި ވެސް އީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ އެ ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ.

އީދަކީ މުސްލިމުންނަށް ހިތްހެޔޮކަމާއެކު އެކަކު އަނެކަަކާ ސަލާމް ގަލާމްކޮށް އެކަކު އަނެކަަކަށް މައާފްކޮށް، އައު ފެށުމަކުން ފެށުމަށް ހުރިހާ އެންމެންނަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk