logo

އެމެރިކާގައި ތެލުގެ އަގުބޮޑުވެ ރައްޔިތުން ރުޅިގަދަވެއްޖެ!

profile

ރިޟްވާން މޫސާ - 07 މޭ 2026 - 13:13

އެމެރިކާގައި ތެލުގެ އަގު ދެ ގުނައަށް އުފުލުމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ބޮޑު އިންސައްތައް ރުޅިގަދަވެ އެކަމުގެ ނުރުހުމާއި މަލާމާތް އެގައުމުގެ ރައީސް ޑޮނަލް ޓްރަމްޕަ އަށް ކުރަންފަށައިފި އެވެ

https://wamco.com.mv/

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ދުނިޔޭގެ އިގްތިސާދަށް މި ކަމުގެ އަސަރު ކޮށްފައި މިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުންނެވެ.

މެދުއިރުމަތީގެ ހަނގުރާމަ މިވަގުތު ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެމެރިކާ އާއި އީރާނުން އެއްބަސްވެފައިވީ ނަމަވެސް މުޅިން ހަނގުރާމަ ނިމުމަކަށް އައުމުގެ އެއްވެސް އިޝާރާތެއް އީރާނަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

އީރާނުން ވަނީ ހަނގުރާމަ އާއި ގުޅިގެން އެމެރިކާ އަށާއި، އެމެރިކާ އަށް ބައިއަތުހިފާ ގައުމުތަކަށް ވެސް އަދި ޔަހޫދީ އިސްރާއީލަށް ވެސް އެގައުމުގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒް ކަނޑުއޮޅިން ނުވަދެވޭނެހެން ނުވަތަ ހުރަސް ނުކުރެވޭނެހެން ބަންދުކޮށްފަ އެވެ.

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން، ދުނިޔޭގެ ތެލުގެ ސަޕްލައިއަށް އައި ލޮޅުންތަކާއެކު، އެމެރިކާގައި ޕެޓްރޯލްގެ އަގު 50 އިންސައްތައަށް ވަނީ އުފުލިފަ އެވެ.

އެމެރިކަން އޮޓޯމޮބީލް އެސޯސިއޭޝަނުން ބުނީ، ފާއިތުވި ހަފްތާގެ ތެރޭގައި ޕެޓްރޯލް ގެލަނެއްގެ އެވެރެޖު އަގު 31 ސެންޓުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، މިހާރު އެވަރެޖުކޮށް ޕެޓްރޯލް ގެލަނެއް ގަންނަން ލިބޭ 4.48 އެމެރިކާ ޑޮލަރަކީ، ހަނގުރާމަ ފެށުމުގެ ކުރިން ހުރި އަގާ އަޅާ ބަލާއިރު، 50 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ޤާއިމުކޮށްފައިވާ ޙިޞާރު ދެމިއޮތް ނަމަވެސް، "ޕްރޮޖެކްޓް ފްރީޑަމް" ވަގުތީގޮތުން މެދުކަނޑައިލުމަށް ދެ ފަރާތުން އެއްބަސްވުމާ ގުޅިގެން ކަމުގައި ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވެފައިވެއެވެ. ތެލުގެ އަގާ އެކު، އެމެރިކާގައި ތަކެތީގެ އަގުތައް ވެސް އިންތިހާއަށް އުފުލިފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk