logo

ޕީއެންސީން އެޕާޓީގެ އިންތިހާބުގެ ތެރެއިން ހިންގި ހަމަނުޖެހުމުގައި ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގައިފި

profile

އާމިނަތު ޝަޒްލާ - 19 ޖުލައި 2026 - 07:03

މި މަހުގެ ކުރީކޮޅު ބޭއްވި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމުގައި ހުޅުމާލޭގެ ކާމިލް ދީދީ ޕްރީ ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ އެ ޕާޓީން އަމިއްލައަށް އުފުލައިފިއެވެ.

https://wamco.com.mv/

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިންތިހާބުގެ ތެރޭގައި ހިނގި އެ ހަމަނުޖެހުމުގެ ސަބަބުން އެ ސްކޫލުގެ އެއް ދޮރުފަތުގެ ބިއްލޫރި ތަޅައިގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ސްކޫލްގެ ސައުންޑް ސިސްޓަމްގެ މިކްސާގެ ބަޓަނަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ގެއްލުންތަކުގެ ފުރިހަމަ ޒިންމާ ޕީއެންސީން މިހާރު ވަނީ ނަގާފައެވެ. އަދި ލިބުނު ގެއްލުންތަކަށް ބަދަލުދީ، އެކަންކަން ހައްލުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ޕާޓީން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް، ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ހަމަނުޖެހުމުގެ ތެރޭގައި އެކަކު އަނެކަކާ ދިމާއަށް ގޮނޑި އުކައި، އިންޒާރުދީ ހަދާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ތިން މީހަކު ހައްޔަރުކޮށްފައެވެ. އަދި ކޯޓުން ވަނީ އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައެވެ. މި ހާދިސާ ހިނގާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ޕީއެންސީގެ ހިންގުން ހަރުދަނާކުރުމަށް ބޭއްވި މުހިންމު އިންތިހާބެއްގެ ތެރޭގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk