
ކޯވަރެއް މިލިއަނަކަށްވުރެ ގިނަ ފަހަރު ބަލައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 06 އޭޕްރީލު 2025 - 14:53
ދިވެހި ހިޕްހޮޕް އަދި ރެޕް މިއުޒިކް ލޭބަލް، "ސިމްބޮލިކް ރެކޯޑްސް" ގެ "ކޯވަރެއް" އަލްބަމްގެ ޓައިޓްލް ލަވަ "ކޯވަރެއް" ޔޫޓިއުބުން މިއަނައަކަށް ވުރެ ގިނަ ފަހަރު ބަލައިފިއެވެ.
ކޯވަރެއް އަލްބަމަކީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހު ނެރުނު އަލްބަމެކެވެ. އެންމެ ފުރަތަމަ ބައިސްކޯފު މެދުވެރިކޮށް ރިލީޒްކުރި މިއަލްބަމްގައި 20 ލަވަ ހިމެނެއެވެ.
ސިމްބޮލިކް ރެކޯޑްސްއިން 2021 ވަނަ އަހަރަށް މަރުހަބާ ކިޔާފައި ވަނީ ޓައިޓްލް ސޯންގް "ކޯވަރެއް" ގެ ވީޑިއޯއާއެކުއެވެ. މި ލަވަައަށް ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައިވެސް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.
ސިމްބޮލިކް ރެކޯޑްސްގެ މި އަލްބަމަކީ ސިމްބޮލިކް ރެކޯޑްސްގެ އަށްވަނަ އަލްބަމެވެ. އަދި ހުރިހާ އެކްޓިވް އާޓިސްޓުންގެ އަޑު އެކީގައި އިވިގެންދާ ދެވަނަ އަލްބަމެވެ.
"ކޯވަރެއް" އަލްބަމްގެ ވީޑިއޯ ލަވައެއް ބައިސްކޯފަށް އެކްސްކުލޫސިވްކޮށް ވަނީ ދޫކޮށްލާފައެވެ. މި ވީޑިއޯއަކީ ޒުވާން އާޓިސްޓެއް ކަމުގައިވާ ސިމްބޮލިކްގެ ކްރިއޭޓިވް ޑިރެކްޓަރ މުސްތަފާ މުހައްމަދު (ކުލަފިހި) އަދި ސިމްބޮލިކްގެ ފަރާތުން މުހައްމަދު ނަބީލް (ޓޯއީ) އެނިމޭޝަން ހަދައި އުފައްދާފައިވާ ވީޑިއޯއެކެވެ.
ޑރ. ފާތިމަތު ޝިފްނާގެ ދެ ލަވައެއް މި އަލްބަމްގައި ހިމެނެއެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރާ ޝިފްނާގެ ފުރަތަމަ ރެޕް ލަވަ "މަންތިރި" އާއި އިތުރުން "އޭނާ" މި ލަވަ ހިމެނެއެވެ.