
މާފުށި ޖަލު
ޖަލުގައި ތިބޭ ދެމީހުންނަށް ކައިވެނި ކުރެވޭނީ އެކަކު މިނިވަން ވުމުން!

އަހުމަދު ޒަލީފު - 31 މޭ 2023 - 17:22
ޙުކުމް ތަންފީޛުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދު ގެޒެޓްކޮށް އެ ގަވާއިދަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
މި ގަވާއިދުގައިވާ ގޮތުން އެ ގަވާއިދުގެ މަގުސަދަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި، ބަންދުކޮށްފައިވާ މީހުން ކައިވެނިކުރުމުގެ ފުރުޞަތު ދިނުމަށް ޓަކައި، ކައިވެނިކުރުމުގެ އިންތިޒާމުތައް ހަމަޖައްސާނެ އުސޫލުތައް ބަޔާންކުރުމެވެ.
ނަމަވެސް ކައިވެނިކުރަނީ ޖަލުގައި ބަންދުކޮށްފައިވާ ދެ މީހުން ކަމުގައި ވާނަމަ، އެ ދެ މީހުންނަށް
ކައިވެނިކުރުމުގެ ފުރުސަތު ދެވޭނީ، އޭގެ ތެރެއިން އެކަކު ޖަލުން މިނިވަން ވުމުން ކަަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.
އެ ގަވާއިދުގައި ބުނެފައި ވަނީ ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާއާ ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ކަރެކްޝަންސް އަށް ސިޓީއެއް ހުށަހަޅަން ވާނެ ކަމަށެވެ. އަދި، ކައިވެނިކުރާ އަންހެނާ މި ސިޓީ ހުށަހަޅާނަމަ، ސިޓީއާއެކު ވަލީވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ވާނެ ކަމަށް ބުނެފައި ވެއެވެ.
ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ޤައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ސިޓީ ހުށަހެޅުމުން، 7 ދުވަހުގެ ތެރޭގައި އެ ޤައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ ކައިވެނިކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދޭންވާނެކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރުން، ގޭގައި ބަންދުކޮށްފައި ހުންނަ ޤައިދީއަކު ކައިވެނިކުރަން ބޭނުންވެއްޖެނަމަ، ކައިވެނި ކުރުމުގެ ފުރުސަތަށް އެދި ސިޓީއަކުން ކަރެކްޝަންސްއަށް ހުށަހަޅަން ވާނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ.
ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ހުއްދަ ދިނުމުނ،ް ކައިވެނިކުރުމަށް ހަމަޖައްސައިފައިވާ ދެ މީހުންގެ ކައިވެނިކުރެވޭނީ ފެމެލީ ކޯޓުގައި ނުވަތަ އެ ޤައިދީ ނުވަތަ ބަންދުކޮށްފައިވާ އެ މީހާ ހުރި ޖަލެއް ޤާއިމުކޮށްފައިވާ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން