logo

ޓީބިލު ވިއްކަން ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 26 ނޮވެމްބަރު 2025 - 14:00

1.5 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން ހުޅުވާލައިފިއެވެ.

https://wamco.com.mv/

މި ފަހަރު ވިއްކަން ހުޅުވާލި ޓީ ބިލުތަކުގެ ތެރޭގައި އަންނަ މަހުގެ 29 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 300 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި އަންނަ އަހަރުގެ މާޗް ނުވަ ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 438.4 މިލިއަން ރުފިޔާގެ ޓީ ބިލެއް ހިމެނެ އެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ޖޫން ފުރަތަމަ ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 132 މިލިއަން ރުފިޔާގެ ޓީ ބިލަކާއި އަންނަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 714.1 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ.

މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެއެވެ.

ޓީބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.

ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay