logo

ސްޓެލްކޯއިން އިތުރު 500 ގަސް އިންދައިފި

profile

އާމިނަތު ޝަފާ - 20 ސެޕްޓެމްބަރު 2024 - 19:40

ސްޓެލްކޯއިން ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ހަރަކާތުގެ ތެރެއިން

ސްޓެލްކޯއިން ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ހަރަކާތުގެ ތެރެއިން

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ސްޓެލްކޯއިން 500 ގަސް އިންދައިފިއެވެ.

ސްޓެލްކޯ އިން މިފަހަރު ގަސް އިންދާފައިވަނީ އދ. ފެންފުށީގައެވެ. އެރަށުގައި 500 ގަސް އިންދާފައިވާކަމަށް ސްޓެލްކޯން މައުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގ ވައުދުފުޅާ އެއްގޮތައް ރާއްޖޭގައި 5 އަހަރުން 5 މިލިއަންގަސް އިންދުމަށް ހާއްސަ މަޝްރޫއެއް ފެށްޓެވީ ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކައުންސިލްތަކުންނާއި ކުންފުނިތަކާއި ޖަމިއްޔާޖަމިއްޔާތަކުންވެސް ދަނީ ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ސްޓެލްކޯގެ އަމާޒަކީ މިއަހަރު ތެރޭގައި 25،000 ގަސް އިންދުން ކަމަށާއި ގަސްތައް އިންދާނީ ސްޓެލްކޯއިން ހިދުމަތްދޭ 33 ރަށުގައި ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ގަސް އިންދުމުގެ ޕްރޮގްރާމުގެ ސަބަބުން އެ ކުންފުނިން އުފައްދާ ކާބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށްވެސް ވާސިލުވެވޭއިރު ގަސްތައް އިންދުމަށްފަހު ގަސްތައް ބެލެހެއްޓުމަށް ކޮންމެ ރަށެއްގައި 'ގްރީން އޭޖެންޓެއް' ގެ ގޮތުގައި ސްޓެލްކޯއިން މީހަކު ދަނީ ބަހައްޓަމުންނެވެ.

tel:+9607331319