logo

ސައުދީ ސަފީރަކަށް ސަރީރު އައްޔަނުކުރަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 15 އޮކްޓޯބަރު 2024 - 05:21

ކުރީގެ ފޮރިން ސެކެޓްރީ އަހުމަދު ސަރީރު

ކުރީގެ ފޮރިން ސެކެޓްރީ އަހުމަދު ސަރީރު

ދިވެހި ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ފޮރިން ސެކެޓްރީ އަހުމަދު ސަރީރު އައްޔަނުކުރަން ހުށަހަޅައިފި އެވެ.

https://wamco.com.mv/

ސައުދީއަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ސަރީރު ހަމަޖެއްސެވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު ވަނީ މިއަދުގެ ޖަލްސާގައި އިއްވާފަ އެވެ.

އެ ސިޓީފުޅުގައި ރައީސް އެދިވަޑައިގެންނެވީ އެ މަގާމަށް ސަރީރު އައްޔަނުކުރުމަށް މަޖިލީހުގެ ލަފާއަކަށެވެ. އެހެންވެ، ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން ސެކެޓްރީއަކަށް ހުންނެވި ސަރީރަކީ 1987 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖިއްޔާގެ އެކި މަގާމުތަކުގައި، އެކި ފެންވަރުގެ މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ އިތުރުން ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. ސަރީރު ވަނީ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ކަމާއި އެސިސްޓެންޓް ޑިރެކްޓަރގެ އިތުރުން ޑިރެކްޓަރު ކަމާއި ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފަ އެވެ.

https://etukuri.mv/
tel:+9607331319