
ބާސެލޯނާ ކޮޅަށް ލަނޑު ޖެހުމަށްފަހު ސޮސިއެޑާޑް ކުޅުންތެރިން: ފޮޓޯ-ލަލީގާ
ބާސެލޯނާ ބަލިވެއްޖެ

ހަފްސީ އަބްދުﷲ - 11 ނޮވެމްބަރު 2024 - 02:20
ވަރަށް ރަނގަޅު ފޯމެއްގައި އޮތް ބާސެލޯނާ ބަލިވެއްޖެ އެވެ. ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ ބަލިވީ ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑާ ވާދަކޮށް 1-0 ނެވެ.
ރެއާލް ސޮއިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝެރާލްޑޯ ބެކާރސް އެވެ. އިތުރު ލަނޑު ޖަހަންވެސް އޭނާއަށް ފުރުޞަތު ލިބުނެވެ.
މެޗު ބާސެލޯނާ އިން ކުޅުނީ އަނިޔާގެ ސަބަބުން ޔަމާލް ނުލައެވެ. މެޗުގައި ބާސެލޯނާގެ އެޓޭކް ފެނުނީ ބަލިކޮށެވެ. މިއީ މިސީޒަންގެ ލީގުގައި ބާސެލޯނާގެ ދެވަނަ ބައްޔެވެ. މިހަފްތާގައި ރެއާލް މެޑްރިޑް މޮޅުވުމާއެކު މިހާރު ދެޓީމްގެ ފަރަގަކީ 6 ޕޮއިންޓެވެ. ރެއާލް އަށް ވުރެ އިތުރަށް ބާސެލޯނާ މެޗެއް ކުލކެފައިވާތީ ފަރަގު ތިން ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު އެބައޮތެވެ.
ގުޅުން ހުރި ޙަބަރުތައް

ބާސެލޯނާ ސުޕަރ ކަޕް ފައިނަލަށް
އަހަރެއް ކުރިން

ޕެނަލްޓީ ބޭކާރު ވިޔަސް, އިތުރު ވަގުތުގައި ބެލިންގހަމް ލަނޑު ޖަހައިގެން ރެއާލް މެޑްރިޑް އެކަކަށް
އަހަރެއް ކުރިން

ސެވިއްޔާ ބަލިކޮށް, ރެއާލް އިން އެއްވަނައާ ޕޮއިންޓަކަށް ގާތަށް
އަހަރެއް ކުރިން

ރެއާލް މެޑްރިޑަށް ފުރުޞަތުގެ ބޭނުމެއް ނުކުރެވުން, މެޗު އެއްވަރު
އަހަރެއް ކުރިން


