logo

"ގައުމީ ކުޅިވަރު ފަންޑު" ގާއިމްކުރެއްވުމަށް ރައީސް ނިންމަވައިފި

profile

އައިމިނަތު ރޫޔާ - 05 ނޮވެމްބަރު 2024 - 14:45

ރައީސް ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

"ގައުމީ ކުޅިވަރު ފަންޑު" ގެ ނަމުގައި ފަންޑެއް ގާއިމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިފަދައިން މިންމެވީ އިއްޔެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.

ދިވެހިރާއްޖޭގައި ޤައުމީ ކުޅިވަރު ފަންޑެއް ގާއިމުކުރުމާ ގުޅޭ ގޮތުން، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ހުށަހެޅުއްވި ހުށަހެޅުއްވުމުގެ މައްޗަށެވެ.

ވަޒީރުންގެ މަޖިލީހުގައި އިއްޔެ ކުރެއްވި މަޝްވަރާތަކުގެ އަލީގައި، "ޤައުމީ ކުޅިވަރު ފަންޑު" ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްޤީކުރުމަށާއި، ދިވެހި ކުޅިވަރު ޖަމާޢަތް ނުވަތަ ކުޅިވަރު ޢާއިލާ ބާރުވެރިކުރުވުމުގެ މަޤްޞަދުގައެވެ.

އަދި ޤައުމީ ކުޅިވަރު ފަންޑު ގާއިމުކުރުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށްޓަކައި، ކުރންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.

https://wamco.com.mv/
tel:+9607331319