logo

ތިން ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 29 އޮކްޓޯބަރު 2024 - 13:50

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ އެއްގޮތަށް، ތިން ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު 30 ގައި ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަށް ރުހުން ދިނުމަށް މަޖިލީހުން މިއަދު ފާސްކުރީ 86 މެމްބަރުންގެ ވޯޓާ އެކުއެވެ.

ވަޒީރުންނަށް ގެނައި ބަދަލުތަކަކީ:

  • މިނިސްޓަރ އޮފް ފޮރިން އެފެއާރޒްގެ މަޤާމަށް ކުރިން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ ޢަބްދުﷲ ޚަލީލް އައްޔަން ކުރެއްވުން
  • މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އައްޔަނު ކުރެއްވުން
  • މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޢަބްދުﷲ ނާޒިމް އިބްރާހީމް ޢައްޔަންކުރެއްވުން

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ކެބިނެޓަށް ބަދަލު ގެންނެވި ފުރަތަމަ ފަހަރެވެ

މި މައްސަލަ ދިރާސާކުރި މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި އެ ތިން ބޭފުޅުންނަކީ ނަޒާހާތްތެރި ބޭފުޅުން ކަމަށާއި، އެބޭފުޅުންގެ ގާބިލުކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319