logo

2025 ގެ ބަޖެޓު ޖަލްސާ މެންދުރު 1 އަށް ފަސްކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 31 އޮކްޓޯބަރު 2024 - 10:23

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން މިއަދު ހެނދުނަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެންދުރުފަހު އެކެއް ޖަހާއިރަށް ފަސްކޮށްފި އެވެ.

ދައުލަތުގެ ބަޖެޓު ހުށަހެޅުމަށްޓަކައި މިއަދު ބާއްވާ ޖަލްސާ އެންމެ ފުރަތަމަ ތާވަލުކުރީ މިއަދު ހެނދުނު 09:00 ގަ އެވެ. އެކަމަކު، މަޖިލީހުގެ އިދާރާއިން ވަނީ މިއަދު އެ ޖަލްސާ ބާއްވާ ގަނޑި މެންދުރުފަސް 1 އަށް ފަސްކޮށްފަ އެވެ. އެހެން ނަމަވެސް ޖަލްސާ ފަސްކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

މިއަދުގެ ޖަލްސާއަށް ބަޖެޓު ހުށަހެޅުމުގެ އިތުރުން، 4 ވޯޓެއް ނެގުމަށް ވެސް އެޖެންޑާގައި ހިމަނާފައިވެ އެވެ. އެއީ:

  • ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު
  • މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

  • ޓޫރިޒަމާ ބެހޭ ގާނޫނު އިސްލާހުކުރުމުގެ ބިލު

  • ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު އިސްލާހުކުރުމުގެ ބިލު

ގާނޫނުއަސާސީގެ 96 ވަނަ މާއްދާފެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު ހުށަހަޅުއްވަންވާނެ އެވެ.

https://int.etukuri.mv/
tel:+9607331319