ިދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން
އަޅަމުންދާ އަވަސް ފިޔަވަޅުތަކުގެ ދަށުން ސިޔާސީ މަގާމުތަކުގައި ތިބި 228 މީހަކު ވަޒީފާއިން ވަކިކުރުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ނިންމަވައިފިއެވެ.
As part of the Economic Reform Agenda, as a direct cost cut down measure, I have today instructed to remove 228 political appointees from various government ministries within the next 15 days. This includes 7 State Ministers, 43 Deputy Ministers, 109 Senior Political Directors…
— Dr Mohamed Muizzu (@MMuizzu) October 15, 2024
ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ 228 މުވައްޒަފުން ކުރިއަށްއޮތް 15 ދުވަހުގެ ތެރޭގައި ވަކިކުރަން ރައީސުލްޖުމްހޫރިއްޔާވަނީ މިނިސްޓްރީތަކަށް އަންގަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމާ އެއްގޮތަށް މަގާމުތަކުން ވަކިކުރަން ހަމަޖެހިފައިވަނީ 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
ސިޔާސީ މަގާމުތައް މަދުކުރަނީ ކޮން މިނިސްޓްރީތަކުން ކަމެއް އަދި ސާފެއް ނުވެއެވެ.