logo

މުޖާހިދުން ކުއްލި ހަމަލާއެއްދީ އިސްތިއުމާރީ ސިފައިންގެ 5 މީހުން މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލުމުން އިސްރާއީލަށް ސިހުން

profile

ސައިފް އަޒުހަރު - 08 ޖުލައި 2025 - 08:34

ޣައްޒާގެ އުތުރުގައި ހަމާސްގެ މުޖާހިދުން ދިން ވަރުގަދަ ހަމަލާތަކެއްގައި އިސްތިއުމާރީ ޓެރަރިސްޓު ސިފައިންގެ 5 މީހުން މަރުވެ، އިތުރު 14 މީހުން ޒަޚަމްވުމާ ގުޅިގެން އިސްރާއީލަށް ލިބުނީ ކުއްލި ސިހުމެއް ކަމަށް، އިސްރާއީލާއި ބައިނަލްއަގްވާމީ މީޑިއާއިން ރިޕޯޓް ކުރަމުން އެބަ ގެންދެއެވެ.

https://wamco.com.mv/

ހަމާސްގެ ހަމަލާތަކުގައި ސިފައިންގެ 5 މީހުން މަރުވެ، 14 މީހުން ޒަޚަމްވެފައިވާ ކަމަށާއި، ޒަޚަމްވެފައިވާ މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް ކަމަށް އިސްރާއީލު އަސްކަރިއްޔާއިންވެސް ވަނީ ބުނެފައެވެ.

ހަމާސްގެ އަސްކަރީ ފިޔަ، ޤައްސާމް ބްރިގޭޑުގެ ތަރުޖަމާނު އަބޫ އުބައިދާ މިއަދު ވިދާޅުވީ، ހަމާސްގެ މުޖާހިދުން އިސްތިއުމާރީ ޓެރަރިސްޓު ސިފައިންގެ ގްރޫޕަކަށް ހަމަލާދިނީ ޣައްޒާގެ އުތުރުގެ ބައިތު ހާނޫންގައި ރޭ އިރާކޮޅު ކަމަށެވެ.

އަބޫ އުބައިދާ ވިދާޅުވީ، ދުޝްމަނުންނާ ދެކޮޅަށް ޣައްޒާގައި އުތުރުން ފެށިގެން ދެކުނަށް މުޖާހިދުން ދެމުންގެންދާ ހަމަލާތަކުގައި ކޮންމެ ދުވަހަކުވެސް ދުޝްމަނުންނަށް އިތުރު ގެއްލުންތައް ދެމުންގެންދާނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ޣައްޒާ ތެރޭގައި އިސްރާއީލު ސިފައިން ބޭތިއްބުމަކީ ނަތަންޔާހޫއަށް ކުރެވޭނެ އެންމެ މޮޔަ ކަންތައް ކަމަށެވެ.

ހަމާސްގެ މުޖާހިދުން މިހާރުވަނީ، ޣައްޒާ ތެރޭގައި އުޅޭ އިސްތިއުމާރީ ސިފައިންނަށް ހަމަލާދޭ އުކުޅު ބަދަލުކޮށްފައެވެ.

މުޖާހިދުން ކުރާ ކަމަކީ، ކުރިން ގޮވާތަކެތި ހަރުކޮށް، އިސްތިއުމާރީ ސިފައިންގެ ގްރޫޕުތަކަށް އަމާޒުކޮށް ގޮވާތަކެތި ގޮއްވާލަނީއެވެ. އޭގެފަހުން ކުރާ ކަމަކީ، އެމީހުން ސަލާމަތްކުރަން އަންނަ ގްރޫޕްތަކަށް ހަމަލާދެނީއެވެ. އަދި އޭގެފަހުން މަރުވާ އަދި ޒަޚަމްވާ މީހުން ނަގަން އަންނަ ސިފައިންގެ ގަޔަށް ބަޑިޖަހައި މަރަނީއެވެ.

ޣައްޒާގެ އުތުރުގައި ސިފައިންގެ ގްރޫޕަށް ދިން ހަމަލާގެ ތަހްގީގު އިސްރާއީލު އަސްކަރިއްޔާއިން މިހާރުވަނީ ފަށާފައެވެ.

މިހާރު އެމެރިކާގައި ހުރި މުޖުރިމު ނަތަންޔާހޫ ވަނީ ސިފައިން މަރުވިކަންމައްޗަށް ހިތާމަފާޅުކޮށްފައެވެ.

https://etukuri.mv/
https://www.aslu.com.mv