
މާލޭން ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރަށް!

އާމިނަތު ޝަޒްލާ - 18 ޖޫން 2026 - 07:04
އއ. ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. ހިމަންދޫ، ހިރުދުގަސްދޮށުގެ، ޢުމުރުން 23 އަހަރުގެ ޙަސަން ޢަރީބެވެ. އޭނާ އަތުލައިގަނެފައިވަނީ މާލެއިން ފުރައިގެން އއ. އަތޮޅަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޖޫން 11 ވަނަ ދުވަހު ފެރިދޫ އަދި މާޅޮހު ޕޮލިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ފެރިދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި ތިން ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި
29 މިނިޓު ކުރިން

ވަޒީފާ ބުރާސްފަތި މުޒާހަރާއަކީ ސަރުކާރު ވައްޓާލަން ކުރާ ކަމެއް ނޫން: ރައީސް ނަޝީދު
30 މިނިޓު ކުރިން

ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްކަން އެނގެންޖެހޭ: އާދަމް ޝަރީފް
30 މިނިޓު ކުރިން

ހުސައިން ޢަބްދުއްރަޙްމާން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
31 މިނިޓު ކުރިން


.gif&w=3840&q=75)