
ހަތަރު ޑައިވަރުންގެ ހަށިގަނޑު އިޓަލީއަށް ފޮނުވަނީ

އާމިނަތު ޝަޒްލާ - 22 މޭ 2026 - 15:51
ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިތައް މިރޭ ފަތިހު އެގައުމަށް ފޮނުވުމަށް ނިންމައިފިއެވެ. އިޓަލީގެ 5 ޑައިވަރުން ގެއްލުނު ހާދިސާ ހިނގާފައިވަނީ، މިމަހުގެ 14 ވަނަ ދުވަހުއެވެ.
އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު އެ ދުވަހު ފެނިފައިވާއިރު ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ފެނުނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
އެމީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އެ 4 މީހުންގެ ހަށިގަނޑު ލޮކޭޓްކޮށްފައިވަނީ، މިމަހުގެ 18 ވަނަ ދުވަހުއެވެ. މި މީހުންގެ ހަށިތައް ފެނިފައިވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންނެވެ.
މޮނިކާ މޮންޓެފަލްކޯން 52، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 20، މުރީއެލް އޮޑެނިނޯ 31، ފެޑެރީކޯ ގުއަލްޓިއަރީ 31 ގެ ހަށިގަނޑު ހޯދީ ހޮހޮޅައިގެ އެންމެ އަޑިން، ތިން ވަނަ ޗެމްބަރުގެ ދޮރުމަތިން ކަހަލަ ގޮތަކަށެވެ. އެމީހުންގެ ހަށިގަނޑުތައް އޮތީ 165 ފޫޓު އަޑީގައެވެ.
އެ މީހުންގެ ޑައިވިން އިންސްޓްރަކްޓަރު، ޖިއަންލޫކާ ބެނެޑެޓީ، 44، ގެ ހަށިގަނޑު ފެނިފައިވަނީ އެ ޗެމްބަރަށް ވަންނަ ދޮރު ކައިރިންނެވެ. އޭނާގެ ހަށިގަނޑު މީގެކުރިން ވަނީ ފޮނުވާލާފައެވެ.
ޑައިވަރުންގެ އެމީހުންގެ އެޤައުމުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ތަޙްޤީގު ޓީމާއި ހިއްސާކުރާ ގޮތަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޑައިވަރުން މަރުވި ހާދިސާ: ތަހުގީގަށް ބޭނުންވެދާނެ ހެކި ނަގައި ފުލުހުންނާ ހަވާލުކޮށްފި
4 ގަޑިއިރު ކުރިން

ހުޅުމާލޭ ހޮސްޕިޓަލުން ފިލި ގައިދީ ހޯދައިފި
7 ގަޑިއިރު ކުރިން

މޫސުން ގޯސްވާތީ ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި!
ދުވަހެއް ކުރިން
.webp&w=3840&q=75)
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ
4 ދުވަސް ކުރިން


.gif&w=3840&q=75)