logo

އެމްޑީޕީ އިން ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލީ ސޯބެ އެކަނި: އެމްޑީޕީ

profile

މުޙައްމަދު ފަޟްލޫން - 19 އޭޕްރީލު 2026 - 14:48

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) އެ ޕާޓީން ކަނޑައަޅައިފިއެވެ.

https://wamco.com.mv/

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލުމަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދު މެންދުރު 14:00 އާ ހަމައަށް ހުޅުވާލި ފުރުޞަތުގައި، ސޯބެ ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، ޕްރައިމަރީއަކާ ނުލައި އޭނާއަށް ވަނީ ޓިކެޓް ކަށަވަރުވެފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމާ ގުޅިގެންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk