logo

ހުރުމުޒް ކަންޑު އޮޅިން ދަތުރުކުރާ އުޅަނދު ތަކަށް ފްރާންސުން ރައްކާތެރިކަން ފޯރުކޮށްދެނީ

profile

ރިޟްވާން މޫސާ - 07 މޭ 2026 - 13:13

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން އީރާނުން އެމެރިކާ އަށް ދަތިކުރުމުގެ ގޮތުން ބަންދުކޮށްފައިވާ ހުރުމުޒް ކަނޑުއޮޅިން ދަތުރު ކުރާ ފަރާތްތަކަށް ފަރަންސޭސި ވިލާތުން ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ ކަން ހާމަވެއްޖެ އެވެ.

https://wamco.com.mv/

ބައިނަލް އަގުވާމީ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ހުރުމުޒް ކަނޑުއޮޅިން ދަތުރު ކުރާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ފަރަންސޭސިވިލާތުގެ މަނަވަރުތައް އެ ސަރަޙައްދަށް ފޮނުވައިފިއެވެ.

އީރާނުން ހުރުމުޒް ކަންޑު އޮޅި ބަންދުކޮށްފައިވަނީ ހަމަ އެކަނި އެމެރިކާ އަށާއި، އިޒްރެއިލުންގެ އިތުރުން އެގައުމުތަކަށް ބައިއަތު ހިފާ ގައުމުތަކަށް އެކަނިކަން ފާހަގަ ކޮށްލެވެ އެވެ.

އިނގިރޭސިވިލާތާ ގުޅިގެން ފަރަންސޭސިވިލާތުން ވަނީ ހުރްމުޒް ހުރަސްކުރާ މުދާއުފުލާ އުޅަނދުތަކަށް ރައްކާތެރިކަން ދިނުމުގެ ޕްލޭނެއް އެކުލަވާލައިފައެވެ. އެއީ މި ހަނގުރާމަ ނިމުމަކަށް ގެނެވުމާ އެކު ޢަމަލުކުރުމަށް އެކުލަވާލާފައިވާ ޕްލޭނެކެވެ.

އެގޮތުން، މި ޕްލޭނުގައި އީރާނުގެ އިތުރުން ސަރަޙައްދުގެ އިތުރު ޤައުމުތައް ބައިވެރިކުރުމަށްވެސް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވަނީ ނިންމައިފައެވެ. ފަރަންސޭސިވިލާތުގެ އަސްކަރިއްޔާއިން ބުނީ އެ ޤައުމުގެ މަތިންދާބޯޓު އުފުލާ މަނަވަރަކާއި، ނެދަރލެންޑްސް އަދި އިޓަލީގެ މަނަވަރުތަކެއް ރަތް ކަނޑަށް ދިޔުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގެ މަޤްޞަދަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް، އިރާނާއި ސަރަޙައްދުގެ ޤައުމުތަކުގެ މަޝްވަރާގެ މަތީން، އެ ސަރަޙައްދުގައި މި ވަގުތު އޮތް ޙާލަތު ވަޒަންކޮށް، ރައްކާތެރިކަމާއެކު އުޅަނދުތަކަށް ދަތުރުކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ވެސް ބުނެފައިވެއެވެ.

ފަރަންސޭސިވިލާތުގެ ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހުރްމުޒްގެ ރައްކާތެރިކަން ކަށަވަރު ކުރެވިއްޖެނަމަ، އީރާނާއި އެމެރިކާއަށް ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

ނަމަވެސް، މި އޮޕަރޭޝަނުގެ ކާމިޔާބީ ގުޅިފައިވަނީ، ހުރްމުޒް ހުރަސްކުރާ އުޅަނދުތަކަށް ޙަމަލާދިނުން އީރާނުން ހުއްޓައިލުމާ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވިއެވެ. މި ހުށަހެޅުމާ މެދު އެއްބަސްވާ ކަމަށް އީރާނުން އަދި ރަސްމީކޮށް ބުނެފައެއް ނުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk