
ނ. ކެނދިކުޅުދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމާލައިފި

އާމިނަތު ޝަޒްލާ - 19 ޖުލައި 2026 - 07:03
ނ. ކެނދިކުޅުދޫގެ ކުޅުދޫ އަވަށުގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލައިފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ.
މި ޕާކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ތަރައްޤީ ކުރެވުނު ތަނެކެވެ. ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ.
އާރުޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރާއެކު ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. މި މަޝްރޫޢަށް ޖުމްލަ 420,000 ރުފިޔާ ޚަރަދުވެފައިވާއިރު، ޕާކުގެ މަސައްކަތްތަކުގެ ތެރޭގައި ލޭންޑްސްކޭޕިންގ، ހާޑްސްކޭޕިންގ އަދި ޕާކު ސެޓުތައް އިންސްޓޯލްކުރުން ހިމެނެއެވެ.
މި ޕާކާ ގުޅޭގޮތުން އާރުޑީސީން ބުނީ، މި ޕާކުގެ ސަބަބުން ކެނދިކުޅުދޫގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، މި ވަޢުދު ފުރިހަމަވެގެން ދިއުމަކީ ރަށުގެ އިޖުތިމާއީ ދިރިއުޅުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެރަށުގެ ރައްޔިތުންވެސް ފާހަގަކުރެއެވެ.
ނ. ކެނދިކުޅުދޫއަކީ ކުރިން 'ކުޅުދޫ' އަދި 'ކެނދިކޮޅު'ގެ ނަމުގައި އޮތް ދެ ރަށެއް ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއީ އެއް ފަސްގަނޑެއްގައި އޮތް ދެ އަވަށަށްވާތީ އެއް ރަށެއްގެ ގޮތުގައި ކަނޑައަޅައި 'ކެނދިކުޅުދޫ'ގެ ނަމުން ނަން ދީފައިވާ ރަށެކެވެ. މިހާރު މި ރަށަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ރަށުގެ ގޮތުގައި ފާހަގަކުރެވޭ ރަށެކެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯލްޑް ކަޕްގެ ރަން ބޫޓު ދެވަނަ ފަހަރަށް އެމްބާޕެ ހޯދައިފި
ގަޑިއިރެއް ކުރިން

ސްޕެއިންގެ ކާމިޔާބީއާއެކު ޣައްޒާގެ ރައްޔިތުންނަށް އުފާވެރިކަން: ފަލަސްޠީނުގެ ދިދަ މުޅި ދުނިޔޭގައި ވިހުރާލައިފި
ގަޑިއިރެއް ކުރިން

ދިއްދޫގައި ތަރައްޤީ ކުރަމުން އަންނަ 75 ރޯހައުސްގެ މަސައްކަތް ނިމެނީ
2 ގަޑިއިރު ކުރިން

ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ކަންބޮޑުވުންތައް މަޖިލީހަށް ހުށަހަޅައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)