
ވީއައިއޭ ޓާމިނަލް 1 އިން ޚިދުމަތްދޭ 26 ވަނަ އެއާލައިނަކަށް ޖަރުމަނުގެ ކޮންޑޯ އެއާލައިން

މުޙައްމަދު ފަޟްލޫން - 21 ނޮވެމްބަރު 2025 - 10:13
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް 1 އިން، ޖަރުމަނުގެ އެއާލައިނެއް ކަމަށްވާ ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފިއެވެ.
މިކަން ފާހަގަކުރުމަށްޓަކައި ޓާމިނަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލުއެވެ. މި ރަސްމިއްޔާތުގައި ކޮންޑޯ އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ކޮންޑޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 302 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި ކޮންޑޯގެ ފުރަތަމަ ފްލައިޓް DE2320 އިން ރާއްޖެ އައި 277 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
ކޮންޑޯ އިން ރާއްޖެއަށް ދަތުރުތައް ފެށީ 31 އޮކްޓޫބަރު 1981 ގައެވެ. މިއީ ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޖަރުމަނުގެ ފުރަތަމަ އެއާލައިނެވެ.
ކޮންޑޯއާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 26އަށް އިތުރުވެފައެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭހާއި ތެޔޮ އަދި ކާބޯތަކެތި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވެންވާނެ: ފައިސަލް ނަސީމް
4 ގަޑިއިރު ކުރިން

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
ދުވަހެއް ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
ދުވަހެއް ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ދުވަހެއް ކުރިން


.gif&w=3840&q=75)