
އެސްއޯއީތަކުގެ ސެކެޓްރީންގެ މަގާމާ ގުޅޭ އާ އުސޫލެއް އެކުލަވާލައިފި

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2025 - 10:57
ދައުލަތުގެ ބައިވެރިވުން ހިމެނޭ ކުންފުނިތައް، ނުވަތަ އެސްއޯއީތަކުގެ ކުންފުނީގެ ސެކެޓްރީންގެ މަގާމާ ގުޅޭގޮތުން އާ އުސޫލެއް އެކުލަވާލައިފިއެވެ.
މި އުސޫލުގެ މައިގަނޑު މަގްސަދަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ސެކެޓްރީންގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، އެ މަގާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި ދެފުށްފެންނަ އުސޫލުތަކެއް ގާއިމުކުރުމެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ.) އިން ބުނީ ، އެ އުސޫލް ފާސްކުރެވިފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ކަމަށެވެ. މިއީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެއްކަމަށް ޕީސީބީން ފާހަގަކުރިއެވެ.
މި އުސޫލުގެ މުހިންމު އެއް މަގްސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކެޓްރީންނަކީ ކަމަށް އެކަށޭނެ، ގާބިލު ބަޔަކަށް ހެދުމެވެ. އަދި އެ މަގާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކޮށް، މީހުން ނެގުމާއި ވަކިވުމާއި ވަކިކުރުމުގެ އުސޫލުތައް އެއް އުސޫލަކުން، ދެފުށް ފެންނަ ގޮތަކަށް ބަޔާންކުރުން ވެސް ހިމެނެއެވެ.
މި އުސޫލުން ކުންފުނީގެ ސެކެޓްރީންގެ މަސައްކަތާއި، ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ މަގާމަށް ދޭންޖެހޭ ހައިބަތާއި ގަދަރު ލިބުމަށް މަގުފަހިކޮށްދޭނެ ކަމަށް ޕީސީބީ އިން ބުނެފައިވެއެވެ.
އާ އުސޫލުގައި، ކުންފުނީގެ ސެކެޓްރީންގެ މަގާމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާގެ ޝަރުތުތަކާއި، މަގާމުގެ ޒިންމާތަކާއި، ކުންފުނީގެ ސެކެޓްރީން އައްޔަނުކޮށް ވަކިކުރެވޭނެ އިޖުރާއަތުތައް ބަޔާންކޮށްފައިވެއެވެ.
މި އުސޫލުގެ ފުރިހަމަ ތަފްސީލުތައް ހިމެނޭ ސާކިއުލަރ ޕީސީބީއިން މިހާރު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޮނުވައިފައެވެ.
މި އުސޫލު އެކުލަވާލާފައި މިވަނީ، ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. ފިނޭންސް މިނިސްޓްރީން ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއްގައުމު ކަމަށްވާ ސިންގަޕޫރުގެ ކަމާބެހޭ އިދާރާތަކުގެ އެހީގައި ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން