logo

މަސްޖިދުލް ޙަރަމްގެ އިމާމު އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ

profile

މުޙައްމަދު ފަޟްލޫން - 25 ސެޕްޓެމްބަރު 2026 - 07:32

މަސްޖިދުލްޙަރަމްގެ އިމާމް އަދި ހަތީބު ފަޟީލަތުއްޝައިޚް ޑރ. ޔާސިރު އައްދައުސަރީ ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް ވިދާޅުވީ، ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯއްދަވާފައިވާ،

ރީތި ރާގުތަކަށް ޤުރުއާން ތިލާވަތު ކުރައްވާ ޝައިހް ޑރ. ޔާސިރު އައްދައުސަރީ ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީޚު ކުރިއަށް އޮތް ތަނުގައި އިއުލާން ކުރައްވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މިއީ ވޭތުވެދިޔަ 43 އަހަރުގެ ތެރޭގައި މަސްޖިދުލް ހަރަމްގެ އިމާމަކު ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ޒިޔާރަތެވެ.

ރާއްޖޭގެ ތާރީހުގައި މަސްޖިދުލްޙަރަމްގެ އިމާމަކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ތާރީހީ ރަސްމިއްޔާތަށެވެ. އެ ފަހަރު ރާއްޖެ ވަޑައިގެންނެވީ މަސްޖިދުލްހަރަމްގެ ކުރީގެ އިމާމް އަލްމަރުޙޫމް ޝައިޚް މުޙައްމަދު އައްސުބައްޔިލްއެވެ.

މީގެއިތުރުން، މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ސަލާހުލް ބުދައިރު ވެސް 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

https://wamco.com.mv/
tel:+9607331319