logo

އެމްޑީޕީ އޮތީ ފަލަސްތީނާއެކު: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 30 ޖުލައި 2026 - 06:34

އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާ ޕާޓީއެއް ނޫން ކަމަށާއި، އެ ޕާޓީން އަބަދުވެސް ސާބިތުވެ އޮންނާނީ ފަލަސްތީނުގެ ހައްގުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، 'މޯލްޑިވްސް ފަސްޓް' ސިޔާސަތުގެ ދަށުން އިސްރާއީލު ފިޔަވައި އެހެން ހުރިހާ ގައުމުތަކާ އެކު ހާރިޖީ ގުޅުން ބާއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ވެރިކަމުގައި އިސްރާއީލާއެކު ގުޅުން ބަދަހިކުރި ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވަނީ އެ ޕާޓީއަށް ފާޑުވިދާޅުވެފައެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ތާއީދު އޮތީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ ރައްޔިތުންނަށް ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް މީޑިއާތަކުން ފެންނަމުންދާ މި ދަނޑިވަޅުގައި، އެއްވެސް އިންސާނަކު އިސްރާއީލަށް ތާއީދު ނުކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވަނީ، ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ އިސްލާމީ އަދި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް، އީރާނުން ދެމުންދާ ހަމަލާތަކަށް ހިތްވަރު ލިބޭ ފަދަ މޭރުމަކުން ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk