
ވިއްސާރައިގައި ފޭދޫ 9 ގެއަކަށް ފެންވަދެ ގެއްލުންތަކެއް! އެއް ގެއަކުން މީހުން ބަދަލުކޮށްފި

އާމިނަތު ޝަޒްލާ - 13 ސެޕްޓެމްބަރު 2026 - 12:35
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ސ. ފޭދޫގައި ފެންބޮޑުވެ 9 ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ފޭދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވި ގެތަކުގެ ތެރެއިން، ކައްކައި، ކައިބޮއި ހެދުމަށް ދަތިވެފައިވާ 3 ގެއަކަށް ވަނީ ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފަ ކަމަށެވެ. އަދި މީގެތެރެއިން އެއް ގެއަކަށް ދިރިނޫޅެވޭ ވަރަށް ފެންވަދެ ހާލަތު ގޯސްވުމާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚިދުމަތް ތިން ދުވަހުގެ މުއްދަތަށް މިހާރު ވަނީ ފޯރުކޮށްދީފައެވެ.
ފޭދޫގެ އިތުރުން ޏ. ފުވައްމުލަކަށް ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ފެންބޮޑުވުމުގެ ސަބަބުން އެ ރަށުގެ ބައެއް ގޭގޭގެ ފާޚާނާ ހޮޅިތައް ބެދިގެން ވަނީ ރިޕޯޓުކޮށްފައެވެ.
މި ހާދިސާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެ ރަށްރަށުގެ ކައުންސިލްތަކާއި، ފެނަކަ އަދި އެހެނިހެން މުއައްސަސާތައް ގުޅިގެން މިހާރު ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މިއުޅެނީ ދިވެހިރާއްޖެއަށް ނުކަތާވަރަށް ސިޔާސީ އިސްރާފު ގިނަވެގެން: އަލީ ވަހީދު
9 ގަޑިއިރު ކުރިން

ސިނަމާލެ ބްރިޖަށް ގެއްލުން ލިބުނު މައްސަަލަ ތަހުގީގްކޮށް ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި
9 ގަޑިއިރު ކުރިން

ޗިލީގެ ދޮށީއުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހުން މަރުވެއްޖެ
13 ގަޑިއިރު ކުރިން

ބަލްގޭރިއާގެ ގަލިވް އެއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
13 ގަޑިއިރު ކުރިން


