
އެމްއެމްއޭގައިވެސް އެއްވެސް މިނިވަންކަމެއް ނެތް: އަމީރު

ރިޟްވާން މޫސާ - 26 އޯގަސްޓު 2026 - 10:45
މީގެ ކުރިން އެއްވެސް ސަރުކާރަކުން ރައީސް އޮފީހުގައި މިނިސްޓަރުންނާއެކު އެމްއެމްއޭއިން ޕްރެސް ކޮންފަރެސް ބާއްވާފައިނުވާ ކަމަށާއި، މިކަމުން އެނގިގެން ދަނީ އެމްއެމްއޭގައި ވެސް މިނިވަންކަމެއް ނެތް ކަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި އެޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީ ގެ މެކްރޮއިކޮނޮމިކް ކޮމިޓީގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެސްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކުރެވުނު ކަމަށެވެ. ވަކިން ހާއްސަކޮށް އެމްއެމްއޭގެ މިނިވަންކަން ގެއްލިފައިވާކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވަނީ ނިމިދިޔަ އެއްވެސް ސަރުކާރެއްގައި އެމްއެމްއޭގެ ގަވަނަރެއް ސަރުކާރުގެ އެއްވެސް މިނިސްޓަރަކާއި ސަރުކާރުގެ އެއްވެސް ވުޒާރާއެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޕްރެސްއެއް ބާއްވާފައި ނުވާކަން ވެސް ފާހަގަކުރައްވާފަ އެވެ.
އެގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮވިޑް 19ގެ ތެރޭގައި ”ނެޝެނަލް އޮޕަރޭޝަން ސެންޓަރު“ ތެރޭގައި ބޭއްވުނު ބައެއް ކޮންފަރެންސްތަކުގެ ތެރޭގައި ގަވަނަރު ބައިވެރިވެފައި ހުރިނަމަވެސް މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރަންސުން ހާމަވެގެން ދިޔައީ ސަރުކާރާއި އެމްއެމްއޭއާއި ވަރަށް ބޮޑަށް ގުޅިފައިވާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުންވެސް ގަވަނަރ މުނައްވަރު ސަރުކާރުން ބޭނުންވާ ގޮތަށް ބޭނުންހާ ކަމެއް ކުރަމުންދާކަން ދޭހަވާ ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އަމީރުި ވަނީ އެމްއެމްއޭގެ ޖެނެރަލް ރިޒާވުން ނޫން ގޮތަކަށް ފައިސާ ޗާޕް ކުރެވުނު ގޮތަކާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަބަދާއި އަބަދު ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕްކުރި ކަމަށް ބުނަމުންދާއިރު މި ސަރުކާރުން މިހާތަނަށް ގާތްގަނޑަކަށް 6.2 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންކަމުގެ މަގާމުން އަހްމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި
14 ގަޑިއިރު ކުރިން

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި
14 ގަޑިއިރު ކުރިން

މި ޒަމާނަށް ފެތޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފި!
17 ގަޑިއިރު ކުރިން

ރިސޯޓްތަކަށް އާންމުދަނީ ލިބޭ ޑޮލަރުގެ %40 މާރުކުރުކުރުން މަޖުބޫރު ކުރާ ބިލް މަޖިލީހުން ބޭރުކޮށްލައިފި!
17 ގަޑިއިރު ކުރިން


