logo

ރިސޯޓްތަކަށް އާންމުދަނީ ލިބޭ ޑޮލަރުގެ %40 މާރުކުރުކުރުން މަޖުބޫރު ކުރާ ބިލް މަޖިލީހުން ބޭރުކޮށްލައިފި!

profile

ރިޟްވާން މޫސާ - 26 އޯގަސްޓު 2026 - 10:45

ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު މޯލްޑިވްސް މަނިޓަރީ އޮތިރިޓީ (އެމްއެމްއޭ) އަށް މާރުކުރަން ލާޒިމުކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރުމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއެކު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

https://wamco.com.mv/

މި ބިލް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދު ހުށައެޅުއްވީ މި ސަރުކާރުގެ ސިޔާސަތު ތަކާއި ދެކޮޅު މަޖިލިސް މެންބަރެއް ކަމަށްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށާއި މުޅި އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށް މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބަޔާންކުރައްވާފަވެއެވެ.

އަދި މީގެ އިތުރުން ޑޮލަރު މާރުކުރުމުގެ މުއްދަތު ކުރުކުރުމާއި، މާރުނުކުރާ ފައިސާ ބޭނުންކުރާ ގޮތް ބެލުމަށް އެމްއެމްއޭއިން ތައްޔާރުވަމުންދާ ކަމަށް އެ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވާކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މައުރޫފް ޒާކިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަތީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކެއްގެ ބަހުސް މިއަދުގެ ޖަލްސާގައި އޮތް ކަމަށް ބުނެއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް މަޖިލީހުގެ ނައިބްރައީސް އިއުލާނުކުރައްވަމުން ވަނީ މަޖިލީހުގެ ގަވައިދުތައްވެސް ހަނދާންކޮށްދެއްވާފަ އެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (އ) ގައި، މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާ ގުޅޭގޮތުން ބަހުސް ހިނގާނެ ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަނޭޅޭނެ ކަމަށް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިހާރު ވެސް އެޖެންޑާކޮށްފައިވާތީ، މި މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ނިންމާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319