logo

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހަތިޔާރު އެޅި 145 މީހުން މަރާލައިފި

profile

ރިޟްވާން މޫސާ - 02 ފެބްރުއަރީ 2026 - 13:24

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހަތިޔާރު އެޅި ޖަމާޢަތަކަށް ނިސްބަތްވާ 145 މީހުން މަރައިލައިފިއެެވެ.

https://wamco.com.mv/

ހަތިޔާރު އެޅި ޖަމާއަތަކުން ދިން ހަމަލާތަކަށް ޕާކިސްތާނު ފައުޖު ތަކުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ.

40 ގަޑިއިރަށް ދެމިގެންދިޔަ އޮޕަރޭޝަނުގައި ހަތިޔާރު އެޅި ޖަމާޢަތަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ވެސް ސަލާމަތީ ބާރުތަކުން ބުންޏެވެ.

އީރާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދުގައި އޮތް ޕާކިސްތާނުގެ އެންމެ ބޮޑު ޕުރޮވިންސުގައި ހިނގަމުންދާ މި ހަމަނުޖެހުންތަކަކީ އެ ސަރަޙައްދުގައި ބަލޯޗިސްތާނުގެ ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޖަމާޢަތެއް ކަމަށްވާ ބަލޯޗް ލިބެރޭޝަން އާމީން ގެ ހަގުރާމަވެރި ޖަމާއަތަކުން ޕާކިސްތާނުގެ ސިފައިންނާ މެދު ހިނގަމުންދާ ކުރިމަތިލުންތަކެކެވެ.

ޙަމަލާތަކުގައި 50ށްވުރެ ގިނަ މީހުން މަރުވި ކަމުގައި، އެ ސަރަޙައްދުގެ ޗީފް މިނިސްޓަރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ދާޚިލީ ވަޒީރުގެ ނައިބު ޠަލާލް ޗޯދްރީ ވިދާޅުވީ، ބީއެލްއޭގެ ހަނގުރާމަވެރިންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި އިމާރާތްތަކަށް ކަމުގައެވެ.

ޙަމަލާތައް އަމާޒު ކޮށްފައިވާ އިމާރާތްތަކުގެ ތެރޭގައި ހަސްފަތާލުތަކާއި، މަދަރުސާތަކާއި، ބޭންކުތަކުގެ އިތުރުން ގިނަ އަދަދެއްގެ ޢާންމުން ޖަމާވެފައި ތިބި މާރުކޭޓުތައް ހިމެނެއެވެ. ހަތިޔާރު އެޅި މީހުން އެ ސަރަޙައްދުތަކަށް ވަދެފައި ވަނީ ޢާންމު ހެދުމުގައި، ޢާންމުންނަށް ހެދިގެންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay