
ދީނަށް ފުރައްސާރަ ކުރާ މައްސަލައިގައި އާމިރު ފުލުހަށް ހާޒިރެއްނުވި

ރިޟްވާން މޫސާ - 11 މާރިޗު 2026 - 07:59
އިސްލާމްދީނަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ހޯދާ ޓިކްޓޮކްގައި މަޝްހޫރު އަހުމަދު އާމިރު, ނުވަތަ ބޫގާ ތަހުގީގަށް ހާޒިރުނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި އިސްލާމް ދީނަށް ފުރައްސަރަކޮށް، ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ބޫރު އަރާ ފަދަ ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގަށް ފުލުހަށް ހާޒިރުވާން އާމިރަށް ވަނީ އަންގާފައެވެ.
ފުލުހުން ވަނީ އިސްލާމިކް މިނިސްޓްރީ ނައްތާލުމަށްވެސް އޭނާ ގޮވާލާފައި ވާކަމަށް ބުނެފައެވެ. އަދި އުޅޭ ވަކިތަނެއް ނޭނގޭތީ އެ މައްސަލައިގެ ތަހުގީގަށް ޗިޓު ހަވާލު ކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އާމިރަކީ ޖަރުމަނު ވިލާތުގެ މީހަކާއި އިނދެގެން އެގައުމުގައި ދިރިއުޅެމުންދާ މީހެކެވެ. އަދި އާމިރު އިސްލާމް ދީނަށް ހަޖޫޖަހައި ފުރައްސާރަކޮށް ހަދަނީ ެގައުމުގައި ހުރެގެން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.
އިސްލާމް ދީނަށް ހަޖޫޖަހައި ބަދު ބަސް ބުނުމަކީ ގާނޫނުގައި ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކަމަކެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާ އާއި އިޒުރޭލުން އަމިއްލަ މަހާނަ ކޮންނަނީބާ؟
ގަޑިއިރެއް ކުރިން

މާލޭގެ ގެއަކުން ތިޖޫރިއެއް ވަގަށް ނެގި ބަޔަކު ޖަލަށްލައިފި
2 ގަޑިއިރު ކުރިން

ސްޓެލްކޯއިން ދިގުރަށުގައި ޒަމާނީ ކަރަންޓު ނެޓްވޯކެއް އަޅަނީ
16 ގަޑިއިރު ކުރިން

މިމަހުގެ ފުރަތަމަ ހަފުތާގައި 33،000 އަށްވުރެ ގިނަ ޓަނުގެ މުދާ އެމްޕީއެލް އިން ކްލިއާކޮށްފި
16 ގަޑިއިރު ކުރިން


.gif&w=3840&q=75)