
މިމަހުގެ ފުރަތަމަ ހަފުތާގައި 33،000 އަށްވުރެ ގިނަ ޓަނުގެ މުދާ އެމްޕީއެލް އިން ކްލިއާކޮށްފި

ޝަހްޒާ މުޙައްމަދު - 10 މާރިޗު 2026 - 17:36
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިމަހުގެ ފުރަތަމަ ހަފުތާގައި 33،000 އަށްވުރެ ގިނަ ޓަނުގެ މުދާ އެމްޕީއެލް އިން ކްލިއާކޮށްފިއެެވެ.
އެކުން ފުނިން އާންމުކޮށްފައިވާ ތަފާށްހިސާބުތަކުން ދައްކާގޮތުގައި 2026 މާރިޗު 1 އިން 7 ގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މުދާ ވަނީ ކްލިއާކޮށްފައެވެ.
އެމްޕީއެލް އިން އާންމުކޮށްފައިވާ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންޓޭނަރު އުފުލާ އުޅަނދުފަހަރުން ޖުމްލަ 30,521.28 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ. އަދި ޖެނެރަލް ކާގޯ އުޅަނދުފަހަރުން 3,096.64 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި ކްލިއާކޮށްފައިވާ ކޮންސައިންމަންޓްތަކުގެ އަދަދަށް ބަލާއިރު، ކޮންޓޭނަރު އުޅަނދުފަހަރުން 1,105 ކޮންސައިންމަންޓް ވަނީ ކްލިއާކޮށްފައެވެ. އަދި ޖެނެރަލް ކާގޯ އުޅަނދުފަހަރުން 429 ކޮންސައިންމަންޓް ކްލިއާކޮށްފައިވާ ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 9 ވަނަ ދުވަހު ކޮންޓެއިނަރާއި ކޮންވެންޝަނަލް ކަގޯގެ ގޮތުގައި 5،602 ޓަނުގެ ތަކެތި ކްލިއާ ކޮށްފައިވެއެވެ. އެއީ 268 ކޮންސައިންމެންޓުގެ މުދަލެވެ.
އިއްޔެ އެމްޕީއެލްއިން އެންމެ ގިނައިން ކްލިއާ ކުރި އަވަހަށް ހަލާކުވާ ޒާތުގެ ތަކެއްޗަކީ:
- ބިސް: 3،444 ބަސްތާ
- ކަރާ: 2،416 ބަސްތާ
- ފިޔާ: 2100 ބަސްތާ
- ދޮންކެޔޮ: 538 ބަސްތާ
- އަލުވި: 1071 ބަސްތާ
- ޓޮމާޓޯ: 903 ބަސްތާ
- އަލަނާސި: 846 ބަސްތާ
- ކެބެޖް: 472 ބަސްތާ
- ބަރަބޯ: 215 ބަސްތާ
- މެލަން: 133 ބަސްތާ
- ކިއުކަމްބާ: 62 ބަސްތާ
- ކޮލޮކަސިއާ: 52 ބަސްތާ
- ޕެޝަންފުރުޓް: 50 ބަސްތާ
- ބަށި: 43 ބަސްތާ
- ރޮކް މެލަން: 36 ބަސްތާ
- ކުރުބާ: 40 ބަސްތާ
- ފެހި މިރުސް: 25 ބަސްތާ
- ލޭޑީސް ފިންގާ: 18 ބަސްތާ
- ލެމަން: 11 ބަސްތާ
- އަނބު: 10 ބަސްތާ
- ބީޓް ރޫޓް: 7 ބަސްތާ
- އިނގުރު: 6 ބަސްތާ
- އަންނާރު: 5 ބަސްތާ
- މުރާކި: 3 ބަސްތާ
- ކޮވައްކާ: 2 ބަސްތާ
- ކައްޓަލަ: 2 ބަސްތާ
- ކުދި ފިޔާ: 1 ބަސްތާ
ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް މާލޭ ވިޔަފާރި ބަނދަރުން ގިނަ އަދަދެއްގެ މުދާ އެތެރެކުރެއެވެ. ވަކިން ހާއްސަކޮށް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެއެވެ.
އެހެންކަމުން މި އަހަރުގެ ރަމަޟާން މަހުވެސް ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާ ކުރެވޭނެ މަގު ފަހިކުރުމަށް އެމްޕީއެލްގެ އޮޕަރޭޝަންސްގެ ޓީމުތަކުން ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުންދާކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.




.jpeg&w=3840&q=75)

.gif&w=3840&q=75)