
ސްޓެލްކޯއިން ދިގުރަށުގައި ޒަމާނީ ކަރަންޓު ނެޓްވޯކެއް އަޅަނީ

ޝަހްޒާ މުޙައްމަދު - 10 މާރިޗު 2026 - 17:36
އދ.ދިގުރަށުގައި ކަރަންޓުގެ ޔަގީންކަން ކަށަވަރުކުރުމަށް، ޒަމާނީ ވިއުގައެއް ޤާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ ރަށަށް އަންނަމުންދާ އުމްރާނީ ތަރައްގީއާއެކު އދ.ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމަށްޓަކައި ކުރިއަށްގެންދާ "ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިންގ" މަސައްކަތުގެ ތެރެއިން، އަލަށް ޤާއިމުކުރާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެޅުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާކަމަށެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 1500 ކޭ.ވީ.އޭގެ އަޕްސްޓްރީމް ކެޕޭސިޓީ ޤާއިމުކުރުމާއެކު، ރަށުގައި އައު ސަބްސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްގެންގޮސްފަވާކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަމާޒަކީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލުންކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. މި ވިއުގައަށް ގެނެވޭ ބަދަލާއެކު ދިގުރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދެވޭނެކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.
ދިގުރަށަކީ ގާތްގަނޑަކަށް 600 މީހުންގެ އާބަދީއެއް އޮންނަ ރަށެކެވެ. އެރަށަކީ ގުދުރަތީ ރީތިކަން ލިބިފަވާ އަދި ރަށު ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް 14 ވަރަކަށް ގެސްޓްހައުސް ހިންގަމުން އާދެއެވެ. އެހެންކަމުން ރަށުގައި ކަރަންޓުގެ ރައްކާތެރިކަން އިތުރުކުރެވި ޚިދުމަތުގެ ފެންވަރު ރަނގަލޫވުމަކީ ރަށުގެ ރައްޔިތުންނާއި އަދި ރަށުގެ ވިޔަފާރިތަކަށްވެސް ލިބިގެންދާ މުހިންމު ޚިދުމަތަކަށްވެގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

މިމަހުގެ ފުރަތަމަ ހަފުތާގައި 33،000 އަށްވުރެ ގިނަ ޓަނުގެ މުދާ އެމްޕީއެލް އިން ކްލިއާކޮށްފި
2 ގަޑިއިރު ކުރިން

އޮސްޓްރިއާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި
2 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
"އެލައިޑް އައިފޯން ޑްރޮޕް" އިންސްޓަގްރާމް ފޮލޯވަރުންނަށް ހާއްސަ
5 ގަޑިއިރު ކުރިން

އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)