logo

އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ

profile

ޝަހްޒާ މުޙައްމަދު - 10 މާރިޗު 2026 - 14:44

އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ ކަމަށާއި އަދި އީދުގެ ހަވީރުގެ ހަރަކާތްތައް ތިން ދުވަހަށް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

https://wamco.com.mv/

އެމްއެންޑީއެފުން ބުނީ މިއަހަރުގެ ބޮޑުއީދާ ދިމާކޮށް ސަލްޓަން ޕާކު އަލުން ހުޅުވައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފައިވާކަމަށެވެ.

މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު، ޖުމްހޫރީ މައިދާން އަދި ސުނާމީ ބިނާ ބަންދުކޮށް ޒަމާނީ ފެނަވަރުގައި ތަރައްގީކުރުމަށް މަސައްކަތްތައް ފެށިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

ކުރިން ސުނާމީ ބިނާ އަދި ސަލްޓަންޕާކް ހުޅުވުން އީދުގެ ފަހަށް ތާވަލުކުރި ނަމަވެސް ރައީސް ވަނީ ސަލްޓަން ޕާކް އަދި ސުނާމީ ބިނާގެ މަސައްކަތް އީދު ދުވަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ސަލްޓަން ޕާކު ހުޅުވުމުގެ އިތުރުން، އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ޚާއްސަ "އީދު ހަވީރު" ގެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު މި ހަރަކާތްތައް އޮންނާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށެވެ.

އީދުގެ ހަރަކާތްތަކުގައި ސިޓީސް މިނިސްޓްރީއާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk