logo
ވެމްކޯގެ މުއައްޒަފަކު މަސައްކަތުގައި ހަރަކާތްތެރިވަނީ

ވެމްކޯގެ މުއައްޒަފަކު މަސައްކަތުގައި ހަރަކާތްތެރިވަނީ

ވެމްކޯ ބޯޑަށް ޑިރެކްޓަރަކު އައްޔަންކޮށްފި

profile

ރިޟްވާން މޫސާ - 09 މާރިޗު 2026 - 16:53

ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު މެންބަރަކު އައްޔަންކޮށްފިއެވެ.

https://wamco.com.mv/

ވެމްކޯގެ ބޯޑު މެންބަރުކަމަށް މިއަދު އައްޔަންކޮށްފައި ވަނީ ލ.މައިބައިދޫ ކުޑަރޯޅި، ހައްވާ އިނާ އެވެ.

ވެމްކޯގެ ވެބްސައިޓުން ފެންނަން ހުރި މައުލޫމާތައް ބަލާއިރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލްގެ އިތުރުން އެކުންފުނީގެ ބޯޑުގައި އިތުރު މެންބަރަކު މިއަދާއި ހަމައަށްނެތެވެ. ވެމްކޯގެ ޗެއާމަނަކީ އަހުމަދު ނާސިފް (ޑީޑީ) ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އެމައުލޫމާތު ވެސް ކުންފުނީގެ ވެބްސައިޓުން ފެންނާކަށްނެތެވެ.

ފަހަކަށް އައިސް ވެމްކޯގެ ބައެއް މައްސަލަތައް މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ. އޭގެތެރޭގައި ކުންފުނިން ޕެންޝަން ފައިސާ ނުދައްކާ މައްސަލަ ވެސް ހިމެނެއެވެ. އޭގެއިތުރުން ވެމްކޯގައި ކުނި އުކުމާއި މެނޭޖުކުރުމުގައި އުޅޭ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަ ބަލަން ފަށައި، އެކަމާ ގުޅޭ މައުލޫމާތު އެނގޭ ނަމަ ހިއްސާކޮށްދޭން އެޗްއާރުސީއެމުން މިދިޔަ މަހު ފަހުކޮޅު ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk