logo

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި

profile

އައިމިނަތު ޒައިބާ - 09 މާރިޗު 2026 - 12:08

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެެއްްގެ އަގު 114 ޑޮލަރަ އަރައިފިއެވެ.

https://wamco.com.mv/

އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުން އަންނަށް ހަމަލާތަކާއި ގުޅިގެން މި މަހުގެ 3 ވަނަ ދުވަހު އީރާންގެ ރިވޮލިއުޝަނަރީ ގާޑް ފޯސްއިން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރިކަން އިއުލާނުކޮށްފައެވެ. މިކަމާ ގުޅިގެން ތެލުގެ އަގު އިންތިހާޔަށް އުފުލިފައިވާ ކަމަށް ގިނަ ބަޔަކު ވަނި ވުނެފައެވެ.

ހަކަތައާއި ބެހޭ ތަޖުރިބާކާރެއް ކަމަށްވާ އެޑް ހާސް ބުނެފައިވަނީ އީރާނާއި ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ދޭ އަސްކަރީ ހަމަލާތަކުގެ ސަބަބުން ތެލުގެ ސަޕްލައި ހުއްޓުމަކަށް އައިސްފިނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން ލަފާދޭ ގޮތުގައި ދުނިޔޭގެ ތެލުގެ އަގު 114 އުފުލިގެންދާނެއެވެ.

މިގޮތުން އިރާނާއި އޮމާނާއި ދެމެދު އޮންނަ ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި ތެޔޮ ހިފައިގެން ދަތުރު ކުރާ މަގުތަކުގެ ތެރޭގައި އެއް މަގެވެ. ދުނިޔޭގައި ޖުމްލަ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ. އެ ސަރައްހައްދަށް އަންނަ ކޮންމެ ބުރޫއެރުމެއްގެ ސބަބުން ސާފު ނުކުރާ ތެލުގެ އަގު ބޮޑު ތަނުން މައްޗައް އުފުލިގެން ދިޔުމުގެ ފުރުސަތު ބޮޑެވެ، އަދި ސަރަހައްދީ ހަމަނުޖެހުން އިތުރަށް ފުޅާވެދާނެ ކަމުގެ ބިރުވެރިކަން އުފެދޭނެއެވެ.

މި ކަނޑުއޮޅިއަކީ ގާތްގަނޑަކަށް 100 މޭލު ދިގު އަދި އެންމެ ހަނި ހިސާބުގައި 21 މޭލު ފުޅާ ސަރަހައްދެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި އުޅަނދުފަހަރު ޗައިނާއަށާއި ޔޫރަޕަށާއި އެމެރިކާއަށް ތެލާއި ގޭސް އުފުލުމަށް އެ ކަނޑުއޮޅި ބޭނުން ކުރެއެވެ. އެ ސާފުނުކުރާ ތެލުގެ ބޮޑު ބައި އަންނަނީ ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް، އިރާގު، ކުވެއިތު، ގަތަރު އަދި އީރާނުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk