logo

އަލަށް ހުޅުވި މިސްކިތްތަކަށް ސައުދީން މުސްހަފް ހަދިޔާކޮށްފި

profile

ޝަހްޒާ މުޙައްމަދު - 08 މާރިޗު 2026 - 18:14

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި މުސްޙަފްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވުނު މިސްކިތްތަކަށް ފޯރުކޮށްދީފިއެވެ.

https://wamco.com.mv/

އެގޮތުން މުސްޙަފް ފޯރުކޮށްދެވިފައިވާ މިސްކިތްތަކަކީ މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)، މަސްޖިދުއް ސިއްދީޤް (ޅ. ކުރެންދޫ)، މަސްޖިދުއްތަޢުބާ (ނ. މަނަދޫ)މ މަސްޖިދު ރައްޔާން (ސ. މަރަދޫ)، މަސްޖިދުލް ނޫރު (ށ. ފޯކައިދޫ)، މަސްޖިދުލް އިޚްލާސް (ޅ. އޮޅުވެލިފުށި)، ތުނޑީ ބަނދަރު މިސްކިތް (ލ. ގަން)، މަސްޖިދު ޒުވައިދާ އަޙްމަދު (ހއ. އިހަވަންދޫ)، މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2)، މަސްޖިދުލް ރަޙްމާ (އދ. އޮމަދޫ)، މަސްޖިދު މުޙައްމަދު ޤާސިމް (ނ. ކުޑަފަރި)، މަސްޖިިދު ޝަމީމާ ޢަބްދުﷲ (ނ. ކެނދިކުޅުދޫ)، މަސްޖިދުލް ސަލާމް (ލ. ގަން) އަދި މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ)އެވެ.

މި ރަމަޟާން މަހުގެ ކުރިއަށް މަސައްކަތް ނިންމާ މި މިސްކިތްތައް ހުޅުވާފައިވާއިރު، ކޮންމެ މިސްކިތަކަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި މުސްޙަފް ފޯރުކޮށްދީފައިވެއެވެ.

2025 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ދެބުރެއްގެ މަތިން ދިވެހިރާއްޖެއަށް 50،500 މުސްޙަފް ހަދިޔާކޮށްފައެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ.

އެގޮތުން އެކި ޤުރުއާން ކުލާސްތަކަށް އިސްލާމިކް މިނިސްޓްރީއިން ދަނީ މި މުސްޙަފްތައް ހަދިޔާކުރަމުންނެވެ.

ސަޢުދީ ޢަރަބިއްޔާއިން މުސްޙަފް ހަދިޔާކުރުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަން ހާމަވަގެންދާ ކަމެއްކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk