logo
ބިދޭސީއަކު ގޮވައިގެން އިމިގްރޭޝަންގެ ދެ މުއައްޒަފަކު

ބިދޭސީއަކު ގޮވައިގެން އިމިގްރޭޝަންގެ ދެ މުއައްޒަފަކު

ރާއްޖެއަށް ޑްރަގު ގެނައި ބިދޭސީ އަކު އުމުރަށް ޖަލަށް!

profile

ރިޟްވާން މޫސާ - 09 މާރިޗު 2026 - 15:20

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގުލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

https://wamco.com.mv/

ލެޕްޓޮޕް ބޭގަކަށް މަސްތުވާ ތަކެތި އަޅައިގެން ރާއްޖެ އެތެރެކުރި މައްސަލައިގައި ހުކުމް ކޮށްފައި ވަނީ އެމްޑި ސޮހަބް މިއާ ކިޔާ ބަންގްލަދޭޝް މީހެކެވެ.

މި މައްސަލައަކީ 2024 ވަނަ އަހަރުގެ ޖޫން މަހު، އެމްޑީ ސޮހަބް މިއަ، ޔޫއެސް ބަންގްލާ ފްލައިޓަކުން ބަންގްލަދޭޝްއިން މާލެއަށް އައިއިރު، އޭނާ ގެނައި ލެޕްޓޮޕް ދަބަހެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި ގެނައި މައްސަލައެވެ.

މައްސަލަ ސާބިތުވުމުން ގާޒީވަނީ އެމްޑީ ސޮހަބް މިއަގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު 100،000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށްފައެވެ.

އެމްޑީ ސޮހަބް މިއަ އުމުރަށް ޖަލަށްލީ ނަމަވެސް، މައްސަލައާ ގުޅިގެން އޭނާ ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ 23 އަހަރާއި ތިން މަހާއި 25 ދުވަހުގެ ހުކުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk