logo

ޓާމް ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުން މަނާކޮށްފި

profile

އައިޝަތު އިނާޝާ - 22 ޖުލައި 2024 - 17:08

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު

ސްކޫލްތަކުގެ ޓާމް ބަންދުތަކުގައި މުދައްރިސުން މަސައްކަތަށް ނެރުން އެޑިއުކޭޝަން މިނިސްޓްރީން މަނާ ކޮށްފިއެވެ.

ސަރުކާރުގެ ހުރިހާ ސްކޫލުތަކަކަށާއި، އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓްތަކާއި އަދި ޑިވިޝަންތަކާއި ސެކްޝަންތަކަށް މިއަދު އެމިނިސްޓްރީން ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނީ ހިނގަމުންމިދާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާރމު ބަންދާއި ދެވަނަ ޓާރމް ބަންދު އަދި މިޑް ޓާރމް ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.

ސްކޫލް ބަންދު ދުވަސްތަކުގައި މުދައްރިސުން މަސައްކަތައް ނިކުންނަން ޖެހުމުގެ ޝަކުވާ މުދައްރިސުންގެ އަބަދުވެސް އޮވެއެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ މުދައްރިސުންގެ އަދަދު މަދުވުމުގެ މައްސަލައަށް ވެސް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

tel:+9607331319